ޗެއަރޕާސަން އިންތިޚާބާއެކު ބައެއް ކުންފުނިތައް ބަނގުރޫޓް ވާވަރުކޮށްފި: އާދަމް ޝަރީފް

ޗެއަރޕާސަން އިންތިޚާބާއެކު ބައެއް ކުންފުނިތައް ބަނގުރޫޓް ވާވަރުކޮށްފި: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
15 މެއި 2022 10:38
0

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގައި ސަރުކާރުގެ ބައެއް ކުންފުނިތައް ބަނގުރޫޓު ވާވަރުވެފައިވާކަމަށް ޕީއެންސގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވަދަވެރިންނާއި މި އިންތިޚާބުގައި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ޓީމުންވެސް އެންމެ ބޮޑަށް ކުރީ ކޮރަޕްޝަނާއި ދައުލަތުގެ ވަސީލަތް ފައްޔާޒގެ ކެމްޕެއިނަށް ބޭނުންކުރާކަމުގެ ތުހުމަތެވެ.

އިންތިޚާބާއި ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ސަރުކާރުގެ ބައެއް ކުންފުނިތައް ބަނގުރޫޓް ވާވަރުކޮށްފައިވާކަަމަށާއި، މިކަން ތަކުރާރުވާނަމަ ރާއްޖެ ބަނގުރޫޓް ވުމުގެ އިތުރުން އިންތިޚާބުތަކުގެ އިތުބާރު ގެއްލި ރައްޔިތުން ވޯޓުލާން ނިކުތުން މަދުވާނެކަމަށެވެ. އާދަމް ޝަރީފް ވަނީ ކުންފުނިތަކުގެ އޮޑިޓެއް އަވަށް ހެދުމަށް ގޮވާލައްވާފައެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިންގައި އަތޮޅުތަކުގައި ދައުލަތުގެ ވަސީލަތް ފައްޔާޒްގެ ޓީމުން ބޭނުންކުރާކަމުގެ ޝަކުވާ ބޮޑުވިއެވެ.

ޚާއްޞަކޮށް ފެނަކައިގެ މުވައްޒަފުން ފައްޔާޒަށް ވޯޓުލުމަށާއި، ކެމްޕެއިންގައި ބައިވެރިވުމަށް މަޖުބޫރުކުރަކަމަށް އިންތިގެ ޓީމުން ތުހުމަތުކުރިއެވެ. އަދި ފެނަކައާއި އާރުޑީސީފަދަ ބައެއް ކުންފުނިތަކުގެ ވަސީލަތްވެސް ކެމްޕެއިނަށް ބޭނުންކުރިކަމަށް އިންތިގެ ޓީމުން ތުހުމަތުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިވެހި ރައްޔިތުން
ޥަގުންނަށް ހީވާނީ ވަގު