އެންމެ ފަހުވަގުތު އިންތިގެ ޓީމުން ގިނަ ޝަކުވާތަކެއް ހުށަހަޅައިފި

އެންމެ ފަހުވަގުތު އިންތިގެ ޓީމުން ގިނަ ޝަކުވާތަކެއް ހުށަހަޅައިފި

Author
ހުސެއިން
14 މެއި 2022 07:06
0

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓުލުން ނިމެމުން ދަނިކޮށް، އިންތިޚާބުގައި ވާދަކުރަމުންދާ އިމްތިޔާޒުގެ ޓީމުގެ ގި ޝަކުވާތަކެއް ހުށަހަޅައިފިއެވެ.

މީގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޝަކުވާއަކީ ވޯޓުލުން ފުރަތަމަ ހަމަވާން އޮތް ގަޑި، ހަތަރެއްގެ ފަހުން އިތުރުކުރި މައްސަލައެވެ. އެ ޓީމުން ތުހުމަތު ކުރާ ގޮތުގައި ވަގުތު އިތުރުކުރިއިރު، ބައެއް ވޯޓު ފޮށިތައް ބަންދުކޮށް ވަނީ ގުނާފައި ވެސްފައެވެ. އަދި އިންތިގެ ޓީމުން ތުހުމަތު ކުރާ ގޮތުގައި، ވޯޓުލުން ބަންދު ކުރުމަށްފަހުވެސް އަލުން ހަމަ އެފޮށިތަކުގެ ވަގުތު އިތުރުކޮށް ވަނީ ފޮށިތަކަށް ވޯޓު ލާފައެވެ.

މިއަދތ ވޯޓު ލަމުންދިޔަ އިރުވެސް އިންތިއަށް ރާއީދުކުރާ، އިންތިގެ ޓީމުގެ ބައެއް އިސްބޭފުޅުންވަނީ ވޯޓުލުން ކުރިޔަށް ދިޔަ ގޮތާއި ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ކުރައްވާފައެވެ. މީގެތެރޭގައި ވޯޓު ލާ ކަރުދާސްކޮށް ވޯޓު ފޮއްޓަށް ވައްޓާލުމުގެ ކުރިން ދެއްކުން ހިމެނެއެވެ. އަދި މީގެ އިތުރުން ޑަބަލްކޮށް ވޯޓު ލުމުގެ މައްސަލަވެސް އެ ޓީމުން ކޮމިޓީއަށް ހުށަހަޅާފައި ވެއެވެ.

މި ޝަކުވާތަކާއި ގުޅިގެން މުޅި އިންތުޚާބު ހުއްޓުމަކަށް ގެނައުމަށްވެސް އިންތިގެ ޓީމުން ވަނީ އެދިފައެވެ.

އެހެންނަމަވެސް މި ޝަކުވާތަކާއި ގުޅިގެން ޝަކުވާ ހުށަހަޅާ ކޮމިޓީގެ ކޮމެންޓެއް އަދި މިހާތަނަށް މީޑިއާތަކަށް ލިބިގެން ގޮސްފައެއް ނުވެއެވެ.

މިއަދުގެ ދަރުމަވަންތަ ސްކޫލަށް ވަޑައިގެން، އިންތިޚާބުގައި ވޯޓު ލެއްވުމަށްފަހު، ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީގެ ކޮންމެ އިންތިޚާބަކީވެސް މުހިންމު އިންތިޚާބެއް ކަމަށާއި، މިއިންތިޚާބުގެ ވޯޓު ލުމުގެ އިންތިޒާމްތައް ހަޖައްސަވާފައިވާ ގޮތްތަކާ ދޭތެރޭވެސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހިޖުރަ
ޝަރީފު ކޮބާ