ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ނަޝީދު ވޯޓު ލައްވައިފި

ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ނަޝީދު ވޯޓު ލައްވައިފި

ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދާނޯ، މިއަދު ހެނދުނު 9 އިން ފެށިގެން ހަވީރުގެ 4 އާއި ހަމައަށެވެ.

ނަޝީދު މި އިންތިޚާބިގައި ވޯޓު ލައްވާފައި ވާއިރު، އިންތިޚާބުގައި ވާދަކުރަމުންދާ ދެ ކެނޑިޑޭޓުންގެ ތެރެއިން ނަޝީދު ތާއީދު ކުރައްވަމުން ގެންދަވަނީ އިންތިޚާބުގައި ވާދަކުރައްވަމުން ގެންދަވާ، ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަށެވެ. އިމްތިޔާޒު ފަހުމީއާއި ވާދަ ކުރައްވަމުން ގެންދަވަނީ، ރައީސް ސާލިހުގެ ކެބިނެޓްގެ އިކޮނޮމިކް މިނިސްޓަރެވެ. އޭނާ ވާދަކުރައްވަމުން ގެންދަވަނާީ ރައީސް ސާލިހުގެ ތާއީދާއެކީއެވެ.

ޗެއަރޕާސަންގެ އިތުރުން މިއަދުގެ ވޯޓުގައި، އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު ވެސް މިއަދު ހޮވާނެ އެވެ. މި މަގާމުތަކުގެ ތެރެއިން އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ ވާދަކުރައްވަނީ ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ

އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދާއި ބަހައްޓާ ވޯޓު ފޮށިގެ އަދަދުތައް

– 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ

– މާލޭގައި 87 ފޮށި

– ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭ.

– އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ.

– ޔޫތު ވިންގަށް 32،057 މެމްބަރުން.

އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ޓީމުންވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ވާދަވެރި ކެމްޕޭނެއް ކުރައްވާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީއާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާދަކުރެއްވި ނަމަވެސް، މިއިންތިޚާބު ބެލެވެިފައިވަނީ، ރައީސް ސާލިޙާއި ރައީސް ނަޝީދާއި ދެބޭފުޅުންގެ މެދުގައި އޮތް ވާދަވެރި ކަމެއްގެ ގޮތުގައެވެ. އަދި ދެބޭފުޅުންވެސް ވަނީ، ފާޅުގައި ކެމްޕޭނަށް ނުކުމެވަޑައިނުގެން، އެހެންނަމަވެސް ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *