އިންތިގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެދި، އެމްޑީޕީގެ މެންބަރުންގެ ފާޑުކިޔުން އިންތިއަށް

އިންތިގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެދި، އެމްޑީޕީގެ މެންބަރުންގެ ފާޑުކިޔުން އިންތިއަށް

Author
މުޙައްމަދު ޖިމީ
13 މެއި 2022 11:13
0

އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދި އެމްޑީޕީގެ މެންބަރުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. ރޭ ސަބްގު ޓީވީން ގެނެސްދިން ބަހުސްގައި އިންތި ދެއްވި ޖަވާބަކުން އެތައް ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ އިންތިއަށް ފާޑުކިޔަމުންނެވެ.

އެމްޑީޕީގެ ޗެއަރަޮޕާސަން އިންތިޚާބުގައި އިންތި އަންނަނީ އޭނާއަކީ ނަޒާހަތްތެރި އަދި ދުވަހަކުވެސް ކޮރަޕްޝަންގެ ލޯ ފައިސާފޮއްޗެއްގައިވެސް ޖެހިފައިނުވާނެ މީހެއްކަމަށް ވިދާޅުވަމުންނެވެ. އޭނަގެ ކެމްޕެއިންގެ ސްލޯގަން "ތިލަފަތުގެ ރަމްޒު"އަކީވެސް އެއީކަމަށް އިންތި ވިދާޅުވަމުން ގެންދެވިއެވެ.

ނަމަވެސް

ރޭ ސަންގު ޓީވީން ކުރިޔަށް ގެންދިޔަ، ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާރސަން ބަހުސްގައި، ބަހުސްގެ މޮޑެރޭޓަރ އިމްތިޔާޒް ފަހުމީއާއި ސުވާލު ކުރައްވާފައިވަނީ، އިމްތިޔާޒު ފަހުމީގެ އާއިލީ ބެބޭފުޅެއް އަވަހާރަ ވެގެން، އަމިއްލަ ނަމުގަ އޮތް ރަށެއް އޭރު ގަވާއިދު އޮންނަ ގޮތުން، އަމިއްލަ ނަމުގައި ހަދާފައި އޮންނަ އެއްބަސްވުންތައް ވާރިސުންނަށް ވާރުތަ ނުވާތީ، މިގޮތަށް މިކަން ދިމާވުމުން، އިމްތިޔާޒު ފަހުމީއާއި ރައީސް ނަޝީދު ހިމެނޭ ގޮތަށް އޭރުގެ ފިޝަރީޒް މިނިސްޓަރު ޒަހާއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ގުޅުއްވައިގެން، އުސޫލު ބަދަލުކޮށް އެރަށް ވަނީ ވާރިސުންނަށް ބަދަލު ކޮށްފަކަމަށާއި އެކަމުގެ ހަގީގަތަކީ ކޮބައިތޯ އެވެ.

މި ސުވާލުގެ ޖަވާބުގައި އިމްތިޔާޒު ފަހުމީ ވިދާޅުވީ ސިޔާސަތެއް ވަނީ ބަދަލު ކޮށްފައި ކަމަށާއި، އެ ސިޔާސަތުތައް ބަދަލުކުރީ ރައީސް އޮފީހުން ކަމުގައެވެ. އަދި އޭނާ ވިދާޅުވީ މިގޮތަށް ހިނގާ ހުރިހާ މައްސަލަތަކެއްގައި މީހުން މަރުވިޔަސް އެމީހާގެ އެ ވާރިސުންނަށް ކަންކަން ބަދަލުވެގެންދާ ކަމަށެވެ.

އެހެންނަމަވެސް އެ ގަވާއިދު ބަދަލުކުރީ އިންތިގެ ތިމާގެ ބޭފުޅަކު ނިޔާވުމުން ކަމަށް ނޫންތޯ މޮޑެރޭޓަރު ސުވާލު ކުރެއްވުމުން ޖަވާބުގައި އިމްތިޔާޒު ވިދާޅުވީ "އަޅުގަޑަކަށް ނޭގޭ" ކަމުގައެވެ.

އެއީ ހައްގުވެރިންނަށް ހަމަ ލިބެންޖެހޭ އެއްޗެއް. އަޅުގަނޑަކާއި ބެހޭ ކަމެއް ނޫން"

ޖަވާބުގައި އިންތި ވިދާޅުވިއެވެ.

ރޭގެ ބަހުސްއާއި ގުޅިގެން ބައެއް މީޯހުން ބުނަނީ އިންތިގެ އަނދިރި ފަރާތް އެނގިގެން ގޮސްފައިވާކަމަށެވެ. އަނެއްބައި މީހުން ސިފަކޮށްފައިވަނީ ނަސްލީ އިމްތިޔާޒުގެ ގޮތުގައެވެ.

އިންތިގެ ނަޒާހަތްތެރިކަމާއި ގުޅޭގޮތުން ކުރި ސުވާލާއި ގުޅިގެން، މި އިންތިޚާބުގައި ވާދަކުރައްވާ ފައްޔާޒް އިސްމާޢީލް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމިގެން ދިޔައިރު، އޭނާގެ ބައްޕަގެ ނަމުގައިވެސް ރަށެއް އޮތްކަމަށާއި، އެހެންނަމަވެސް ދެންނެވުނު ގަވާއިދުގެ ސަބަބުން އެރަށް އޭނާގެ ބައްޕަގެ ވާރިސުންނަށް ވާރުތަ ނުވި ކަމަށެވެ.

ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަޑުގެ ބައްޕަގެ ރަށެއް އެމްޑީޕީ ފުރަތަމަ ސަރުކާރުގަ އަޅުގަޑުގެ ބައްޕަ ނިޔާވިއިރު، އަޅުގަޑުމެންނަކަށެއް އެރަށް ވާރުތައެއް ނުވި އެގޮތަށް އޮތީމަ (ގަވާއިދު އޮތް ގޮތުގެ ސަބަބުން) އިނގޭތޯ. އެހެންވީމަ އިންތިގެ ގުޅުން އޮތް އާއިލީ މެމްބަރެއްގެ ކަމަކާއި ގުޅިގެންވެސް އެކަން ބަދަލުވީތީ އަޅުގަޑު ވަރަށް ބޮޑަށް ޝުކުރު ދަންނަނަވަން."

ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ ޖަވާބާއި ގުޅިގެން އިންތިގެ ތިމާގެ ބޭފުޅާގެ ވާރިސުންނަށް މިރަށް ބަދަލުވާގޮތަށް ގަވާއިދު ބަދަލުކުރަން އިންތި ފައްޔާޒަށް ގުޅުއްވިތޯ މޮޑެރޭޓަރު ސުވާލު ކުރެއްވުމުން ޖަވާބުގައި ފައްޔާޒު ވިދާޅުވީ އިންތި ގުޅުއްވި ކަމަށާއި އިމްތިޔާޒު ފަހުމީ ކުރެއްވި މެސެޖްތައްވެސް އެބަހުރި ކަމުގައެވެ.

އާދެ ގުޅުވި އިނގޭތޯ، އަޅުގަނޑު އަތުގަ މެސެޖުވެސް އެބަހުރި.

ފައްޔާޒު ވިދާޅުވިއެވެ.

މިހާރު ކުރިޔަށްދާ ކެމްޕޭންގައި ޗެއަރޕާސަންކަަމަށް އިމްތިޔާޒު ފަހުމީ ކެމްޕޭން ކުރައްވަމުން ގެންދަވަނީ، އޭނާއަކީ ދުވަހަކު އަމިއްލަ ކަމެއްގައި ސަރުކާރުގެ އިސް އޮފިޝަލަކަށް ނުގުޅުއްވާ އަދި ނަޒާހަތްތެރި ބޭފުޅެއް ކަމުގައި އަމިއްލަފުޅަށް ވަކާލާތު ކުރައްވަމުންނެވެ. އަދި ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ، މި އިންތިޚާބުގައި ތާއީދު ކުރައްވާނީ ނަޒާހަތްތެރި ބޭފުޅަކަށް ކަމުގައެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބަށް ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުންވެސް ވަނީ ވަރުގަދަ ކެމްޕެއިނެއް ކޮށްފައެވެ. އެގޮތުން 2 ކެނޑިޑޭޓުން ވެސް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް އާންމު މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.