އިސްރާއީލު ސިފައިން މަރާލި ނޫސްވެރިޔާގެ ޖަނާޒާ ފަލަސްތީނުގައި ރަސްމީ އިއްޒަތުގައި ބޭއްވުމަށް ހަމަޖައްސައިފި

އިސްރާއީލު ސިފައިން މަރާލި ނޫސްވެރިޔާގެ ޖަނާޒާ ފަލަސްތީނުގައި ރަސްމީ އިއްޒަތުގައި ބޭއްވުމަށް ހަމަޖައްސައިފި

Author
ހުސެއިން
12 މެއި 2022 03:14
0

ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ކަވަރު ކުރަމުން ދަނިކޮށް އިސްރާއީލު ސިފައިން މަރާލާފައިވާ، އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލޭހުގެ ޖަނާ ފަލަސްތީނުގައި ރަސްމީ އިއްޒަތުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ނޫސްވެރިއާ ޝީރީން އަބޫ އަކްލޭހުގެ ރަސްމީ ޖަނާޒާ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ފަސްތީނުގެ ރާމައްލާ ސިޓީގައެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ އިސްތިޝާރީ ހޮސްޕިޓަލުން އަބޫ އަކްލޭހުގެ ހަށިގަޑު މިއަދު ގެންދެވިފައިވަނީ ފަލަސްތީން އޮތޯރިޓީގެ ރިޔާސީ ގަޑުވަރަށެވެ. އަދި މަހުމޫދު އައްބާސްވަނީ އަބޫ އަކްލޭހުއަށް އެންމެ ފަހުގެ އިހުތިރާމް އަދާ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަހުމޫދު އައްބާސް ވިދާޅުވެފައިވަނީ، އަބޫ އަކްލޭހުގެ މަރުގެ ޒިންމާ އިސްރާއީލުން އުފުލަން ޖެހޭނެ ކަމުގައެވެ.

ބައެއް ނޫސްވެރިން އަބޫ އަކްލޭހްއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރަނީ

"އަބޫ އަކްލޭހުގެ މަރު، އިސްރާއީލާއި ގުޅިގެން ތަހުގީގު ކުރުމަށް އަހަރެމެން ދެކޮޅު ހަދަން،" ބައިނަލްއަގުވާމީ ޖިނާޢީ ކޯޓަށް އިންސާފު ހޯދުމަށް ވަޑައިގަންނަވާނޭ ކަމަށް ވިދާޅުވަމުން އައްބާސް ވިދާޅުވެފައި ވެއެވެ.

އަބޫ އަކްލޭހުގެ ޝަރަފުގައި ފަލަސްތީނުގެ އަސްކަރިއްޔާއިންވެސް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެއަށްފަހު އަބޫ އަކްލޭހުގެ ހަށިގަޑު ގެންދިއުމަށް ހަމަޖެހިފައިވަނީ، ހިފާފައިވާ އިރުމަތީ ޖެރޫސެލަމްގެ ޝެއިޚް ޖައްރާގައި ހުންނަ އެސްޓީ ލުއިސް ފްރެންޗް ހޮސްޕިޓަލްއަށެވެ. އަބޫ އަކްލޭހުގެ އާއިލާ ދިރިއުޅެމުން ދަނީ ޝެއިޚް ޖައްރާގައެވެ.

އަބޫ އަކްލޭހު ވަޅުލުމަށް ހަމަޖެހިފައިވަނީ، ހުކުރު ދުވަހު، ހިފާފައިވާ އިރުމަތީ ޖެރޫސެލަމްގައެވެ.

އަބޫ އަކްލޭހުގެ ޖަނާޒާގައި ބައިވެރި ވުމަށް، ބުރާސްފަތި ދުވަހުގެ ހެނދުނު ނޫސްވެރިންވަނީ އޭނާގެ ހަށިގަޑު ބޭއްވިފައިވާ، ހޮސްޕިޓަލަށް ޖަމާވާން ފަށާފައެވެ. އަދި އަބޫ އަކްލޭހުގެ ހަށިގަޑު މިއަދު ގެންދެވުނު ސިޓީތައް ކަމުގައިވާ ޖެނިންއާއި، ނާބުލުސް އަދި ރާމައްލާގައި ވަނީ އޭނާގެ ޝަރަފުގައި ރަސްމިއްޔާތުތައް ބާއްވާފައެވެ. އަދި ފަލަސްތީނުގެ އެތައް ސިޓީތަކުގައި ވަނީ މުޒާހިރާތައް ކުރިޔަށް ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

Najaaza ey.. Janaza