ބަހުސްގެ އެންމެ ސަޅިކަމަކީ ފައްޔާޒް، ވާދަވެރި ކެނޑިޑޭޓަށް ކުރި އިހްތިރާމް: މޫކޭ

ބަހުސްގެ އެންމެ ސަޅިކަމަކީ ފައްޔާޒް، ވާދަވެރި ކެނޑިޑޭޓަށް ކުރި އިހްތިރާމް: މޫކޭ

Author
މުޙައްމަދު ޖިމީ
12 މެއި 2022 10:47
0

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ބަހުސްގައި ވާދަވެރި ކެނޑިޑޭޓްގެ ޒާތީ އެއްވެސް ކަމަކާއި ނުބެހި އިހްތިރާމްކޮށްފައިވާކަމަށް ވިދާޅުވެ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (ވަޑިމޫކެ)، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލަށް ތަޢީދުކޮށްފިއެވެ.

އިމްތިޔާޒް ފަހުމީއާއި ފައްޔާޒް ވާދަކުރައްވާ މި އިންތިޚާބުގައި އިންތިގެ ކެމްޕެއިން ޓީމުން އެންމެ ބޮޑަށް ކުރާ އެއް ތުހުމަތަކީ ފައްޔާޒްގެ ކޮރަޕްޝަންގެ މައްސަލަތަކެވެ. މިކަމާއި ފައްޔާޒްގެ ޓީމުން އަންނަނީ ނުރުހުން ފާޅުކޮށް، އެންޓި ކެމްޕެއިން ނުކުރުމަށް އިލްތިމާސްކުރަމުންނެވެ.

ރޭގެ ބަހުސްކުރިއަށްދިޔަގޮތާއި ގުޅޭގޮތުން މޫކޭ ވިދާޅުވީ، މިނިސްޓަރ ފައްޔާޒްގެ އެންމެ ފާހަގަވީ ސަޅިކަމަކީ ހިނދުކޮޅަކަށްނަމަވެސް ވާދަވެރި ކަނޑިޑޭޓުގެ އަބުރަށާއި، ޒާތީ އަދި އާއިލާއާއި ނުބެހި އިޙްތިރާމް ދީގެން ބަހުސް ނިންމާލުންކަމަށެވެ.

ރާއްޖެޓީވީން ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒު ފަހުމީ ވިދާޅުވީ، 2023 އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި މިހާރު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ، ޕާޓީއާ މެދު ގެއްލެމުންދާ އިތުބާރު ހޯދުން ކަމަށެވެ. އަލުން އަނބުރާ ކުރީގެ ރޫހު ޕާޓީއަށް ގެންނަން ޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ. އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދަން ޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ. އިކޮނޮމިކް މިނިސްޓަރާ ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރާނަމަ އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުން އަވަސްވެގެންދާނެ ކަމަށް ވިދާޅުވެ އިންތިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލަށް ރައްދު ދެއްވާފައެވެ.

މިނިސްތަރ ފައްޔާޒް ވިދާޅުވީ، ޕާޓީގެ ތެރޭގައި އުފެދިފައިވާ ފިތުނަ ނައްތާލަން ޖެހޭކަމަށެވެ. އެ ފިތުނަ ނައްތާލައި 2023 ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ފައްޔާޒު ވިދާޅުވީ، ހުރިހާ ބާވަތެއްގެ ފިތުނައާއި ފަސާދަ ނައްތާލަން ޖެހޭ ކަމަށާއި، 2023 ކާމިޔާބު ކުރުމަށް ގެއްލިފައިވާ އިތުބާރު އަނބުރާ ގެންނަ ޖެހޭ ކަމަށެވެ. ފައްޔާޒު ވިދާޅުވީ، ޕާޓީގެ ތެރޭގައި ވަކި ބަޔަކު ބޭނުން ގޮތަކަށް ކުރާ ކަންކަން ހުއްޓުވަން ޖެހޭ ކަަމަށެވެ.

ޗެއަރޕާސަން އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިބުރޭ
2007 ގަ 2008 ވަނަ އަހަރު އެމްޑީޕީގެ ބަޖެޓުނ އަންނިއަށް 5 މިލިއަން، އީވާ އަށް 2 މިލިއަން އަދި އިންތިއަށް 2 މިލިއަން ރުފިޔާ ދިން. 2009 2010 2011 ގަ ދިންވަރެއް އެނގޭކަށް ނެތްްް 2012 ގަ އިންތިއަށް 1 މިލިއަން، އަންނި އަށް 5 މިލިއަން އީވާއަށް 1.3 މިލިއަން އަދި ކޮންމެވެސް ބެނާތަކަކާ ލޯގޯ އެއްގެ މަސައްކަތަށް ރިޔަން ކިޔާ ކުންފުންޏަކަށް 1 މިލިއަން އަދި ޝިއުނާގެ ނަމުގަ ރައީސް ނަޝީދުގެ ވެރިކަމުގަ ރަޖިސްޓަރީ ކޮށްފަ އތް ރިސޯޓެއްގެ ހައްލުކުރަންޖެހޭ ކަމަކަށް ޝިއުނާއަށް ލޯނު އުސޫލުން އަންނި ބުނެގެން 3 މިލިއަން ދީފައިވޭ. 2012 ގައި ޑެންމާކުގެ ޖަމާއަތަކުން އެމްޑީޕީއަށް 2 މިލިއަން ޑޮލަރު ލިބުނު. 2020 ވަނަ އަހަރުން ފެށިގެން 2021 އަށް އެމްޑީޕީން އިންތި ނެންގެވީ ހަމައެކަނި ކޮންމެ މަހެއްގަވެސް ޕާޓީން ލިބޭ މަހު މުސާރަ 25،000 ރުފިޔާ. އިތުރު ލޯނެއްވެސް ހޯދާފައެއް ނުވޭ. 2022 (މިއަހަރު) ކެމްޕޭނު ދަތުރުތަކަށް 2 ކެންޑިޑޭޓުންނަށްވެސް އެމްޑީޕީން ދީފައިވަނީ ހަމަހަމަ ބަޖެޓެއް. ނަމަވެސް އިތުރު އިނާޔަތްތަކެއް ހެޔޮއެދޭ ފަރާތްތަކުން ކެނޑިޑޭޓުންނަށް ދީފަވޭ. ފައްޔާޒް އަށް ބަޖެޓް ނެތިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ނުދެވުނު. ނަމަވެސް އިންތި ވަނީ ހުރިހާ ރަށަކަށް ގޮސްފަ. ރިޔަން ކުންފުނިން ވަނީ ރަށްރަށަށް ކުރި ދަތުރުތަކަށް އިންތިގެ ބަޖެޓަށް ލުއި ދީފަ. ކެނެރީގޭ ޑރ. ނާޝިދު ވަނީ އިންތި ކެމްޕޭނަށް 3 މިލިއަން ރުފިޔާ ޚަރަދުކޮށްފަ. އަދި އީވާ ވެސް ރަނގަޅު ފައިސާއެއް ދެއްވި. ކުރީގެ ރައީސް ނަޝީދުގެ ނަމުގަ އިންތިއަށް އެއްވެސް ފައިސާއެއް އެއްވެސް އިރެއްގަ ދީފައެއް ނުވޭ!