އޭޕްރިލް މަހުގެ ނިޔަލަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން، އެންމެ ގިނަ މީހުން ޔޫކޭއިން

އޭޕްރިލް މަހުގެ ނިޔަލަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން، އެންމެ ގިނަ މީހުން ޔޫކޭއިން

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ފެށުނު ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ އަދަދުވެސް ކުރީ އަހަރުތަކާއި އަޅާބަލާއިރު ވަނީ އިތުރުވެފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ޖުމްލަ 576،790 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 48 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 389،770 ފަތުރުވެރިންނެވެ. އެހެންކަމުން ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން މިހާރު ދަނީ ރަނގަޅު މިސްރާބަކަށެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެއީ 28،468 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިނގިރޭސިވިލާތުންނެވެ. އެއީ 74،934 ފަތުރުވެރިންނެވެ. މިއީ އިނގިރޭސި ވިލާތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެ 590.2 އިންސައްތައިގެ ކުރިއެރުމެކެވެ.

2 ވަނައިގައި އުޅެނީ މިދިޔަ އަހަރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި އިންޑިއާއެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 68،518 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެ 20.9 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރި 2 ފަތުރުވެރިން – ފޮޓޯ: ޖޯލި މޯލްޑިވްސް

ލިސްޓުގެ 3 ވަނާގައި އުޅެނީ ރަޝިއާއެވެ. 4 ވަނާގައި ޖަރުމަނު އަދި 5 ވަނާގައި އިޓަލީއެވެ. ދުނިޔޭގެ ސަރަހައްދު ތަކަށް ބަލާލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޔޫރަޕުންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އޭޝިއާ ޕެސިފިކުންނެވެ.

މިއަހަރުގެ ފާއިތުވި 4 މަހުގައި ރާއްޖެއަށް އެވްރެޖްގޮތެއްގައި ދުވާލަކު 4،800 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. އަދި ރާއްޖެއަންނަ ފަތުރުވެރިން އެވްރެޖް ގޮތެއްގައި 8 ދުވަހަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި މަޑުކުރެއެވެ.

މިއަހަރު ރާއްޖެއިން އަމާޒު ހިފާފައި ވަނީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *