"ސާކަސް" ޑިސެމްބަރު މަހު ސިނަމާތަކަށް

"ސާކަސް" ޑިސެމްބަރު މަހު ސިނަމާތަކަށް

Author
ފާތިމަތު ނާވީ
11 މެއި 2022 04:55
0

ރަންވީރު ސިންގްގެ ޑަބަލް ރޯލު ފެނިގެންދާ ފިލްމު "ސާކަސް" އަންނަ ޑިސެމްބަރު މަހުގެ 23 ގައި ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.

މިހާރު ވަނީ އެ ފިލްމްގެ ޕޯސްޓަރުތަކެއް ވެސް ދައްކައިލާފައެވެ. މިއީ ރަންވީރު ޑަބަލް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

"ސާކަސް" އަކީ މަޝްހޫރު އަދީބު ޝޭކްސްޕިއާގެ "ދަ ކޮމެޑީ އޮފް އެރާސް" އަސްލަކަށް ބަލައިގެން ހަދާފައިވާ ކޮމެޑީއެކެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

ރޯހިތު ޝެއްޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ރަންވީރާ އެކުގައި ފެނިގެންދާނީ ޖެކޮލިން ފެރްނާންޑޭޒާއި ޕޫޖާ ހެގްޅޭއެވެ. މީގެ އިތުރުން މި ފިލްމުން ގިނަ ތަރިން ތަކެއް ފެނިގެން ދާނެއެވެ. އޭގެ ތެރޭގައި ސަންޖޭ މިޝްރާ، ޖޯނީ ލިވާ، މުކޭޝް ތިވާރީ އަދި ސިދާތާ ޔާދަވް ފަދަ ތަރިން ހިމެނެއެވެ.

އަދި ފިލްމުގައި ހާއްސަ ފެނިލުމަކުން އަޖޭ ދޭވްގަން އާއި ރަންވީރުގެ އަންހެނުން، އެކްޓްރެސް ދީޕިކާ ޕަޑުކޯން ވެސް ފެނިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.