ދެ ދޯނި ދޭތެރޭގައި ފިތިގެން ދިވެއްސަކު ނިޔާވެއްޖެ

ދެ ދޯނި ދޭތެރޭގައި ފިތިގެން ދިވެއްސަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
10 މެއި 2022 07:22
0

މ. ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅުމުގެ ތެރޭގައި ދިވެހި ފިރިހެނަކު ފިތިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ މއަތޮޅު ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅެނިކޮށް ދެ ދޯނި ދޭތެރޭ މީހަކު ފިތިފައިވާކަަމަށެވެ. އެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 16:41 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދެއްވާ ފުލުހުން ބުންޏެވެ. ނިޔާވެފައިވަނީ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.