ރައީސްގެ އަނބިކަބަލުންނާ ޝީޒާ ބައްދަލުކުރައްވާ ޖަމްޢިއްޔާއާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ރައީސްގެ އަނބިކަބަލުންނާ ޝީޒާ ބައްދަލުކުރައްވާ ޖަމްޢިއްޔާއާއި ގުޅޭގޮތުން މަޝްވަރާކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާގެ އޭނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ބައްދަލުކުރައްވައިފިއެވެ.

ޝީޒާ އާއި މެޑަމް ފަޒްނާ ބައްދަލުކުރައްވާފައިވަނީ ޝީޒާ އިސްވެ ހިންގަވާ ވީލަވް ޖަމްޢިއްޔާގެ ފަރާތުންނެވެ. މެޑަމް ފަޒްނާއާއި ބައްދަލުކުރެއްވުމަށްފަހު ޝީޒާ ވަނީ ޖަމްޢިއްޔާއަށް ދިމާވާ ގޮންޖެހުންތަކާއި، ފޯރުކޮށްދޭ ޚިދުމަތްތަކާއި ގެންގުޅުއްވާ ޕްލޭނާ ތަސައްވުރާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ވިދާޅުވެފައެވެ. އަދި ރައީސްގެ އަނބިކަނބަލުން އެ ފުރުޝަތު ދެއްވީ ޝީޒާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޝީޒާ އިސްވެ ހިންގަވާ ވީލަވް ޖަމްޢިއްޔާއަކީ ވިލިމާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، އެފަދަ ކުދިން ގެންގުޅޭ އާއިލާތަކަށާއި، މައިންގެ ހައްގުގައި މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. ޚާއްޞަކޮށް ވިލިމާލޭގައި ދިރިއުޅޭ އެފަދަ ކުދިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ގޮވާލާ ކަމާގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށް އެކަންކަމަށް ނަތީޖާ ނެރެދިނުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.

ޝީޒާ އެފަދަ ޖަމްޢިއްޔާއެއް ހިންގަވާއިރު ވިލިމާލެ ދާއިރާގެ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭކަން އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

ޝީޒާ އިންނަނީ ކުރިއަށް އޮތް ބައި އިލެކްޝަންގައި ވާދަކުރައްވާ ކެމްޕެއިންވެސް ކުރައްވަމުންނެވެ. ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޝީޒާ ވާދަކުރައްވަނީ އެމްއެންޕީގެ ފަރާތުންނެވެ.

ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ވާދަކުރަނީ އެމްއެންޕީންނާއި ޕީޕީއެމްއިން އެކަންޏެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. މިއިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކެނޑިޑޭޓް ނެރުމަށް ހުޅުވާލިނަމަވެސް، މުއްދަތު ހަމަވިއިރު ކެނޑިޑޭޓަކު ކުރިމަތިލާފައި ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *