ނަޝީދުގެ ތުހުމަތުތައް ސީރިއަސް، އެއިން އެނގެނީ ސަރުކާރުގެ އަނިޔާވެރިކަން: ޑރ.ޖަމީލް

ނަޝީދުގެ ތުހުމަތުތައް ސީރިއަސް، އެއިން އެނގެނީ ސަރުކާރުގެ އަނިޔާވެރިކަން: ޑރ.ޖަމީލް

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓިގެ މެންބަރުންނަށް ކުރައްވާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ޑރ.ޖަމީލް މިހެން ވިދާޅުވެފައިމިވަނީ، ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށްދިން ޓެރެރިސްޓު ހަމަލާ ފޮރުވުމަށްޓަކައި، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސަރުކާރަަށް ތާއީދު ކުރާ މެމްބަރުން ކުރައްވަމުންދާކަމަށް ތުހުމަތުކޮށް، ނަޝީދުގެ ވަރުގަދަ ރައްދެއް ދެއްވާފައިވަނިކޮށެވެ.

ޑރ.ޖަމީލް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައަކީ ސަމާސާއެއް ނޫންކަމަށެވެ. އެމަނިކުފާނު ކުރައްވާ ތުހްމަތުން އެނގެނީ މިސަރުކާރަކީ ހައްދުފަހަނައަޅައި ގޮސްފައިވާ އަނިޔާވެރި ބައެއްކަންކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

ސަރުކާރުގައި މިފަހަރު މިއެޅީ ކޮން ފަންޏެއްތޯ، ރަައީސް ނަޝީދު؟

– ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

ރައީށް ނަޝިދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން އަމިއްލަފުޅު ޕާޓިގެ މެންބަރުންނަށް ނަޝީދު ގެންދަވަނީ ތުހުމަތުތަކެއް ކުރައްވަމުންނެވެ. މިގޮތުން އެމްޑީޕީގެ މަޖިލިސް މެމްބަރުން ހިމެނޭ ވަޓްސް އަޕް ގްރޫޕުގައި ރައީސް ނަޝީދު ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) އަތުގައި އެ މަނިކުފާނުގެ ލޭ ހޭކިފައިވާ ކަމަށެވެ.

ތިޔަ ބޭފުޅުންގެ އަތުގައި ހޭކިފައި ތިޔަވަނީ އަޅުގަނޑުގެ ލޭ.

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ދިން ހަމަލާގެ ރޭވެންތައް ފޮރުވުމުގައި ސަރުކާރަށް މެމްބަރު ހުސެއިން ވާގިވެރިވާ ކަމަށެވެ. މި ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދަށް ރައްދު ދެއްވައި އަނދުން ހުސެއިން ވިދާޅުވީ، ރައީސް ނަޝީދު މިވަގުތު ހުންނެވީ މާ ބޮޑަށް ކޯފާވެފައި ކަމަށެވެ. އެ މެސެޖަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، އަނދުން ހުސެއިންގެ އަތް ބެލުމުން އެ މަނިކުފާނުގެ ލޭ ފެންނާނެ ކަމަށެވެ.

އަޅުގަނޑުގެ ލެޔަކީ ކެރަފާ ދަނޑިކޮށީގެ ލޭ. އޭގައި އަސަރު ހުންނާނެ.

– ނަޝީދު ދާޅުވިއެވެ.

މި ތުހުމަތުތަކާއި ގުޅިގެން އަނދުން ހުސެއިން ވަނީ އޭނާގެ ނަން ތަހުގީގު ރިޕޯޓާއި އިންކުއަރީ ރިޕޯޓްގައި އޮތްތޯ ސުވާލު ކުރައްވާފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް ތާއީދުކުރާ މެމްބަރުން (ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުން) އަށް ނަޝީދު މިރޭ ކުރައްވާފައިވާއިރު، މިހަމަލާގައި ސަރުކާރުގެ އެއްވެސް އަތެއް ވާކަމެއް މިހާތަނަށް ކުރި ތަހުގީގުން ހާމަވެފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ޝަރީޢަތް ދިގުލައިގެންދާނަމަ، ޖިނާއީ އަދުލުގެ ނިޒާމަށް ކުރާ އިތުބާރަށް ނޭދެވޭ އަސަރުކުރާނެކަމަށް މި ހަމަލާގެ ޝަރީއަތް ހިނގާ ނުހިނގާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަންކުރައްވާފައިވާ ޚާއްޞަ މަންދޫބު، އައްބާސް ފާއިޒުވެސް ވަނީ ވިދާޅުވެފައެވެ.

އައްބާސްގެ ބަޔާނުގައި ރައީސް ނަޝީދަށް ދިން ޙަމަލާގެ ތަޙުޤީޤުކުރުމާއި ދަޢުވާއުފުލުމުގެ މަރުޙަލާގެ ޓައިމްލައިނާ އެއްގޮތަށް ޝަރީޢަތްތައް ކުރިއަށްނުދާތީ އެކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކުރައްވާފައެވެ. އަދި މި ޝަރީޢަތްތައް އިތުރު ލަސްތަކެއްނުވެ ކުރިއަށްގެންދިއުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

މިފަދަ މުހިއްމު ޝަރީޢަތެއް ލަސްވުމަކީ، ޖިނާއީ ޢަދުލުގެ ނިޒާމާ މެދު އޮންނަ އިތުބާރު ކުޑަވެ، ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ކަންބޮޑުވުންތައް އުއްތަމަ ފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށްވެސް އައްބާސް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޖަމީލު މިހާރު އަންނިދެކެ ހާދަ ލޮއެއްބެކޭ ތިވަނީ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ