ތިނަދޫ އިސްލާމީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

ތިނަދޫ އިސްލާމީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޖިމީ
08 މެއި 2022 12:18
0

ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް އެމްޓީސީސީން ފަށައިފިއެވެ. އެކުންފުނިން ބުނީ އިސްލާމީ މަރުކަޒު މަރާމާތުގެ މަސައްކަތް މިމަހުގެ 5ވަނަ ދުވަހު ފަށާފައިވާކަމަށެވެ.

ތިނަދު އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ ސެޕްތެމްބަރ 2018ގައެވެ.

ތިނަދޫގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒަށް 34.4 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިސްކިތް ބިނާކުރެއްވުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ސަރަހައްދީ އޮފީސްވެސް ހިމެނޭ އެ މަރުކަޒު އަޅާފައިވަނީ ތިނަދޫ ހުޅަނގު ފަރާތު ހިއްކި ބިމުގައެވެ. އެ ބިމަކީ 60،000 އަކަފޫޓުގެ ބޮޑު ބިމެކެވެ.

ދެބުރިއަށް އިމާރާތްކޮށްފައިވާ ތިނަދޫ އިސްލާމީ މަރުކަޒަކީ 1000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތަކާއި، 500 މީހުންނަށް އެއްފަހަރާ ޖަލްސާ ކުރެވޭވަރުގެ މާލަމަކާއި، ހަތަރު ކުލާސްރޫމާއި، އޮފީހަކާއި، ލައިބްރަރީއެއް ހިމެނޭ ގޮތަށް ބިނާކޮށްފައިވާ އިމާރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.