ލަންކާއަށް ބޭސްފަރުވާއަށް ދިޔަ މީހަކު ގެއްލިގެން ހޯދަނީ

ލަންކާއަށް ބޭސްފަރުވާއަށް ދިޔަ މީހަކު ގެއްލިގެން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
07 މެއި 2022 09:00
0

ބޭސްފަރުވާއަށް ސްރީ ލަންކާއަށް ގޮސް އުޅުނު އުމުރުން ދުވަސްވީ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނީ އީދު ދުވަހު ދެހިވަލަ މިސްކިތް ކައިރިއަށް ދިޔަ ގޮތަށް އިބްރާހިމްގެ ހަބަރެއް ނުވާ ކަމަށެވެ. އޭނާއާ ގުޅޭ މައުލޫމާތު ލިބިއްޖެނަމަ 2382 499 (77) 94+ ނުވަތަ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ނަމްބަރު 6666 881 076 އަށް ގުޅުމަށް އެދިފައިވެއެވެ.

މިދިޔަ އަންގާރަ ދުވަހު ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަނީ އިބްރާހިމް އަލީ ނަމަކަށް ކިޔާ 62 އަހަރުގެ މީހެކެވެ. އޭނާއަކީ ކިޑްނީގެ ބަލި ހުންނަ މީހެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ދުވަސްވީ ފިރިހެނަކު ގެއްލިގެން އެ އާއިލާއަށް ކޮންސިއުލާ އެހީތެރިކަން ދެމުން އަންނަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.