އެންޓިބޮޑީ ސާމްޕަލް ސާރވޭގެ ނަތީޖާ މިމަހު އާންމުކުރުމަށް މިދަނީ މަސައްކަތްކުރަމުން: ޑރ.ނަޒްލާ

އެންޓިބޮޑީ ސާމްޕަލް ސާރވޭގެ ނަތީޖާ މިމަހު އާންމުކުރުމަށް މިދަނީ މަސައްކަތްކުރަމުން: ޑރ.ނަޒްލާ

Author
މުޙައްމަދު ޖިމީ
12 ނޮވެމްބަރ 2020 11:31
0

އެޗްޕީއޭއިން ކުރިއަށްގެންދިޔަ ސީރޯ ޕްރިވަލެންސް ސަރވޭ ނުވަތަ މުޖުތަމަޢުގައި ބަލި އޮތް ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދިޔަ ސާރވޭގެ ނަތީޖާ މިމަހުގެ ތެރޭގައި އާންމުކުރައްވާނެކަމަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެސެންޓަރުގައި ސިލްސިލާކޮށް ބާއްވާ ޕްރެސްކޮންފަރެންސްގައި ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ސީރޯ ޕްރިވަންލެންސް ސަރވޭއަށް މާލެ ސަރަހައްދުން ނެގުމަށް ހަމަޖެހިފައިވާ އެންޓިބޮޑީ ޓެސްޓް ސާމްޕަލްތައް ނަގާ ނިންމާލާފައިވާކަމަށާއި، އެސާރވޭގެ ހޯދުންތައް މިމަހުގެ ތެރޭގައި ޢާންމުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މިއީ ދިރާސާއަކަށް ނެގި ސާމްޕަލްތަކެއްކަމުން ސާމްޕަލް ދިން މީހާ އިތުރުކަމެއް ކުރަންނުޖެހޭނެކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ކުރިއަށްގެންދޔަ ކޯވިޑް-19 ސީރޯސާރވޭލަންސް ދިރާސާއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޯވިޑު-19ގެ ވައިރަސްއަށް ހުށައެޅިފައިވާމިންވަރު ބަލައި، މާލޭސަރަހައްދުގައި ކޯވިޑު-19 ފެތުރިފައިވާ މިންވަރު ބެލުމަށް ހެދި ދިރާސާއެކެވެ. އެޗްޕީއޭއިން ބުނީ މިދިރާސާގައި ބައިވެރިވާ މީހާގެ ނަތީޖާއިން އެމީހެއްގެ ހަށިގަނޑުގައި މި ބައްޔަށް ހުށަހެޅިފައި ވޭތޯއާއި އެ ވައިރަސް އަށް ހަސިގަނޑުގައި ދިފާއީ ބަރު ހުރިތޯ އެނގޭނެކަމަށެވެ. އެމީހެއްޖެ ނަތީޖާ އެމީހަކާ މެސެޖުން ހިއްސާކުރެވޭނެކަމަށާއި، މިދިރާސާގެ ނަތީޖާ ކޯވިޑު-19 އިން ސަލާމަތްވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންކުރެވޭނެކަމަށެވެ. މިދިރާސާ ހަދާ ފަރާތްތައްފިޔަވާ އެހެން އެއްވެސް ފަރާތަކަށް މިދިރާސާއަށް ޓަކައި ހޯދޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެވޭނެކަމަށެވެ.

ސީރޯ ޕްރިވެލަންސް ސަރވޭގެ މަސައްކަތް އެޗް.ޕީ.އޭއިން ފަށާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.