ބޮންޑެ ފައްޔާޒަށް: މިލަވެ ހަރުވެފައިވާ ޖިންސެއްލައިގެން ގޭބީސީތަކަށް ވަންނަން މެންބަރުން ނޭދޭ!

ބޮންޑެ ފައްޔާޒަށް: މިލަވެ ހަރުވެފައިވާ ޖިންސެއްލައިގެން ގޭބީސީތަކަށް ވަންނަން މެންބަރުން ނޭދޭ!

Author
މުޙައްމަދު ޖިމީ
07 މެއި 2022 05:39
0

އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްތަރ ފައްޔާޒް އިސްމާއީލް އުޅުއްވަނީ މިލަވެފައިވާ ޖިންސެއް ތުރުކުރައްވައިގެންކަމަށާއި، އެއީ އެމްޑީޕީ މެންބަރުން އެދޭގޮތެއް ނޫންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި ބޮންޑެ ތާޢީދުކުރައްވަނީ އިމްތިޔާޒް ފަހުމީއަށެވެ. ބޮންޑެ ގެންދަވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިގޮތުން މިނިސްޓަރ ފައްޔާޒް ބަޔަކާއި ވާހަކަދައްކަން ހުންނަވާ ފޮޓޯއަކާއެކު ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިލަވެ ހަރުއަރާފައިވާ ޖިންސެއްލައިގެން އަބަދު އުޅުމަކީ އަދި ގޭބިސީތަކަށް ވަނުމަކީ އެމްޑީޕީ މެމްބަރުން ބަލައިގަންނާނެ ކަމެއްނޫންކަމަށެވެ. ސާފުތާހިރުކަމުގެ ނަމޫނާ ދައްކާން ކޮންމެ މެމްބަރަކު ވެސް ބޭނުންވާނެކަމަށް ބޮންޑެ ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީތަކަށް ޖިންސާއި ޓީސާޓު ލައިގެން އަނގަ ފުރެންދެން ފޯއް އަޅައިގެން ވަނުމާ ދެކޮޅަށް ފާޑު ކިޔާ އެކަން ވެސް ވާނީ މިހާރު ހުއްޓުވާފައިކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ. އަދި ދައުލަތު އިސްމަގާމުތަކުގައި ތިބޭ މީހުން ނަމޫނާ ވާންޖެހޭނެކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެގެ މި ޓްވީޓައި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ބޮންޑެއަށް ފާޑުކިޔަމުންނެވެ. އެގޮތުން އެތެރޭގެ އިންތިޚާބެއްގެ ވާދަވެރިކަމުގައި އެފަދަ ގޮތަކަށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ބައެއް ފަރާތްތަކުން ބުންޏެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެ އެއްބަޔަކު އަނެއްބަޔަކަށް އަންނަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުންނެވެ. އިންތިޚާބު އޮންނާނީ މިމަހުގެ 14ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތައްކާނު
މެދުއިގިލި ބަޅު ބޯހަމަނުޖެހޭ ހަމައިންނެއްޓޭ މީހަކުވެތިކަމަށްކުޜިމަތިލުމަށްވެސް މީހުނޭދޭ