ޓޮޑް ބޮއެލީ އަށް ޗެލްސީ ވިއްކާލަން އެއްބަސްވެއްޖެ

ޓޮޑް ބޮއެލީ އަށް ޗެލްސީ ވިއްކާލަން އެއްބަސްވެއްޖެ

އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ އުފައްދާފައިވާ ގްރޫޕުން ޗެލްސީ ގަންނަން ހުށަހަޅާފައިވާ 5.2 ބިލިއަން ޑޮލަރުގެ ބިޑް ބަލައިގަންނަން އެ ކްލަބުން ނިންމައިފިއެވެ.

ރަޝިޔާގެ ވިޔަފާރިވެރިޔާ ރޯމަން އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ނިންމީ ރަޝިޔާއިން ޔޫކްރެއިން އަށް އަރުމާއި ގުޅިގެން އޭނާ އާއި ދެކޮޅަށް އިނގިރޭސި ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅޭކަން ހާމަވުމާއި ގުޅިގެންނެވެ. ޗެލްސީއިން ހާމަކުރިގޮތުގައި އަލަށް ކްލަބާއި ހަވާލުވާ ވެރިން ޗެލްސީގެ ހިއްސާ ގަތުމަށް ދޭއް ޕޮއިންޓް ފަހެއް ބިލިއަން ޕައުންޑް ހަރަދު ކުރާނެއެވެ. އަދި މިފައިސާ ޖަމާކުރެވިގެންދާނީ މިހާރު ފްރީޒް ކޮށްފައިވާ އެކައުންޓަކަށް ކަމަށާއި އަދި މިފައިސާ މިހާރު ޑޮނޭޓް ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ކުލަބުން ބުނެއެވެ.

ޓޮޑް ބޮއެހްލީގެ އިތުރުން ދެން މިޓީމްގައި ހިމެނެނީ ކްލިއާލޭކް ކެޕިޓަލް އާއި މާރކް ވޯލްޓާ އަދި ސްވިޓްޒަލަންޑްގެ ބިލިއަނަރެއް ކަމަށްވާ ހަންސްޔޯގް ވީޒްއެވެ. ހިއްސާ ގަތުމުގެ އިތުރުން ޗެލްސީއަށް އިންވެސްޓް ކުރުމަށް އެކެއް ޕޮއިންޓް ހަތެއް ފަހެއް ބިލިއަން ޕައުންޑް ހޭދަކުރާނެކަމަށް ހަބަރު ލިބެއެވެ. އެހެންކަމުން މިވިޔަފާރިގެ އަގު ހަތަރެއް ޕޮއިންޓް ދޭއް ފަހެއް ބިލިއަން ޕައުންޑަށް އަރާނެއެވެ.

ޓޮދް ބޮއެހްލީ ބޮޑަށް ފާހަގަ ވެފައިވަނީ އެމެރިކާގެ ބޭސްބޯލް ޓީމެއް ކަމަށްވާ އެލްއޭ ޑޮޖަރސްގެ އެއްވެރިޔާގެ ގޮތުގައެވެ. އަދި އޭނާގެ މިލްކިއްޔާތުގެ ގޮތުގައި ހަތަރެއް ޕޮއިންޓް ފަހެއް ބިލިއަން ޕައުންޑް ހުރި ކަމަށް ފޯބްސްއިން ހާމަކުރެއެވެ. ޑޮޖަރސްގެ އިތުރުން އެންބީއޭގެ މަޝްހޫރު ލޮސް އެންޖަލިސް ލޭކަރސްގެ ހިއްސާގެ އިތުރުން އަހެން ބާސްކެޓްބޯޅަ ޓީމެއް ކަމަށްވާ ލޮސް އެންޖަލިސް ސްޕަރކްސްގެ ބައެއްވެސް އޭނާގެ އަތުގައި އޮވެއެވެ. ޗެލްސީއިން ހާމަކުރާގޮތުގައި އެކްލަބް ވިއްކާލުމުގެ ކަންތައްތައް މިމަހުގެ ފަހުކޮޅު ނިންމާލެވޭނެއެވެ.

ޗެލްސީ ގަންނަން ލިވަޕޫލްގެ ކުރީގެ ޗެއާމަން މާޓިން ބްރޯޓަންގެ ކޮންސޯޓިއަމް އިން ކުރި ބިޑްގައި މަޝްހޫރު ދެ ކުޅިވަރު ތަރިން ކަމަށްވާ ސެެރީނާ ވިލިއަމްސް އާއި ލެވިސް ހެމިލްޓަން ބައިވެރިވި އެވެ. ހެމިލްޓަން އާއި ސެރީނާގެ އަމިއްލަ މިލްކިއްޔާތުން 20 މިލިއަން ޑޮލަރު އިންވެސްޓްކުރީ މާޓިން ބްރޯޓަން ކޮންސޯޓިއަމް އިން ކުރި 400 އެއްހާ މިިލިއަން ޑޮލަރުގެ ބިޑަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *