ރާއްޖެ ފަޅިފަޅި ކޮށްލައި އެއްބައިވަންތަކާއި މިނިވަންކަމަށް ބުރޫ އަރާ ޒާތުގެ ވާހަކަ ދައްކައި އެފަދަ އަމަލުތަކަށް މިފަސް ގަނޑުފައި ޖާގަ ދެވިގެން ނުވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެރިކަމަކީ ސުވާދީވުގެ ވެރިކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަ ސިޔާސީ ބޭފުޅުންނާއި އާންމު ފަރާތްތަކުން ދަނީ ރައީސް ނަޝީދުގެ ވާހަތަކުން ޤައުމުގެ ވަހިދަތާއި މިނިވަންކަމަށް ބުރޫއަރާކަމަށް ބުނަމުންނެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒާ އަދި ކުރީގެ އިސްލާމިން މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ވަޙުދަތު ގެއްލޭ ޒާތުގެ ވާހަކަތައް ދެއްކުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ. ރާއްޖޭގެ ބިމުގެ ވަޙުދަތާއި އިދާރީ އެއްބައިވަތަކަމާއެކު ރާއްޖެ ދެމި އޮތުމަށް އަބަދުވެސް މަސައްކަތްކުރަންޖެހޭ ކަމަށާއި، ރާއްޖެ ފަޅިފަޅި ކޮށްލުމަށް އެއްވެސް ބަޔަކަށް ޖާގަދީ ހިއްވަރުދީގެން ނުވާނެ ކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެތެރޭގެ ވަޙުދަތު ގެއްލޭ ޒާތުގެ ވާހަކަތައް ދެއްކުމަކީ ޒިންމާދާރުކަން ކުޑަކަމެއް. ރާއްޖޭގެ ބިމުގެ ވަޙުދަތާއި އިދާރީ އެއްބައިވަތަކަމާއެކު ރާއްޖެ ދެމި އޮތުމަށް އަބަދުވެސް މަސައްކަތްކުރަންޖެހޭ. ރާއްޖެ ފަޅިފަޅި ކޮށްލުމަށް އެއްވެސް ބަޔަކަށް ޖާގަދީ ހިއްވަރުދީގެން ނުވާނެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 12, 2020
ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަސްކަމުގެ ނިޒާމަކުން ޖުމްހޫރީ ވެރިކަމުގެ ނިޒާމަށް ބަދަލުވެގެން ދަނީ ބާރުތައް ރައްޔިތުންނަށް ލިބުމުން ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ކިބައިން ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރަން ފެށުނު ކަމަށް، 1953 ވަނަ އަހަރާއި 1968 ވަނަ އަހަރު ވެރިކަން ކުރި ގޮތަށް ބަލާއިރު ދަންނަވަން ދަތި ކަމަށް ރައިސް ނަޝީދު ވިދާޅުވިއެެވެ. ސުވަދީވަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުންނަވަނިކޮށް ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ބައިވެރިވެގެން އުފެއްދި ވަކި ސަރުކާރެކެވެ.
ކޮމެންޓު ފޮނުވާ