އިސްރާއީލުގައި ދިން ބަޑީގެ ހަމަލާއެއްގައި 3 މީހަކު މަރާލައިފި

އިސްރާއީލުގައި ދިން ބަޑީގެ ހަމަލާއެއްގައި 3 މީހަކު މަރާލައިފި

Author
ހުސެއިން
06 މެއި 2022 08:06
0

އިސްރާއީލުގެ މެދުތެރޭ ސިޓީއެއް ކަމުގައިވާ އިލާދު ސިޓިގައި ދިން ބަޑީގެ ހަމަލާއެއްގައި 3 މީހަކު މަރާލައިފި ކަމުގައި އެގައުމުގެ ހެލްތު އޮފިޝަލުން ބުނެފިއެވެ.

އިސްރާއީލު ފުލުހުން ބުނެފައިވަނީ، އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަނިކޮށް ދިން މިޓެރަރިސްޓް ހަމަލާ ދިން މީހުން މިހާރު ފިލާފައިވާ ކަމަށާއި އެހެންނަމަވެސް އެމީހުން ހޯދުމަށް މިހާރު މަގުހުރަސްތައް ގާއިމް ކުރެވިފައި ވާކަމުގައެވެ.

ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން އިލާދު ސިޓީގެ މޭޔަރުވަނީ، ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަމުން ދާތީ އެސިޓީގެ ރައްޔިތުން ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައެވެ.

އިސްރާއީލުގެ މަގެން ޑޭވިޑް އެމްބިއުލާންސް ސާރވިސްއިން ބުނެފައިވަނީ، މިހަމަލާގައި 3 މީހަކު މަރުވެ އިތުރު ދެމީހަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައި ވާކަމުގައެވެ.

ފާއިތުވި ހަފްތާތަކުގައި އިސްރާއީލުގެ އަރަބި ސިޓީތަކުގެ މަގުތަކުގައި ދޭހަމަލާތައް ވަނީ އިތުރުވެގެން ގޮސްފައެވެ. އިލާދު ސިޓީގައި ދިން ބަޑީގެ މިހަމަލާގެ އިތުރުން، ފަލަސްތީނުގެ މީހުންނާއި އަދި އޭގެ އިތުރުން އިސްރާއީލުގެ ބައިމަދު އަރަބި ދަރިކޮޅުގެ މީހުން ދިން ހަމަލާތަކުގައި 15 މީހަކު މަރުވެފައި ވެއެވެ. މީގެ ތެރޭގައި 3 ސެކިއުރިޓީ އޮފިސަރުންނާއި އަދި ސެކިއުރިޓީ ގާޑަކު ހިމެނެއެވެ. އިސްރާއީލުގައާއި އަދި ހުޅަނގު އައްސޭރީގައި ދީފައިވާ މިހަމަލާތައް އަމާޒުކޮށްފައިވަނީ އާންމު ރައްޔިތުންނަށެވެ.

މިހަމަލާތަކު ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުންވަނީ، ފަލަސްތީނުގެ ވިލެޖްތަކާއި އަވަށްތަކަށް ހަމަލާދީ، ބަލާފާސްކޮށް، އަދި އެތައް ބަޔަކު ހައްޔަރުވެސް ކޮށްފައެވެ. މި އަވަށްތަކާއި ވިލެޖްތަކުގައި ހިނގާފައިވާ ހަމަނުޖެހުންތަކުގައި މިއަހަރު މިހާތަނަށް ފަލަސްތީނުގެ 40 މީހަކު މަރުވެފައި ވެއެވެ. މަރުވެފައިވާ ފަލަސްތީނުގެ މީހުންގެ ތެރޭގައި، ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތްތަކަށް ނިސްބަތްވާ މީހުންގެ އިތުރުން އާންމު ރައްޔިތުންވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.