ކައްދޫ ރަންވޭމަތިން މޯލްޑިވިއަންގެ މަތިންދާބޯޓެއް ކަހާލައިފި

ކައްދޫ ރަންވޭމަތިން މޯލްޑިވިއަންގެ މަތިންދާބޯޓެއް ކަހާލައިފި

Author
މުޙައްމަދު ޝަޒައިމް
05 މެއި 2022 09:52
0

މޯލްޑިވިއަންގެ މަތިންދާބޯޓެއް ކައްދޫއަށް ޖެއްސުމުގެ ތެރޭގައި ރަންވޭމަތިން ކަހާލައިފިއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ މި ޙާދިސާ ހިނގާފައިވަނީ މިރޭ ގާތްގަނޑަކަށް 19:45 ހާއިރުކަމަށެވެ. އަދި މި ޙާދިސާގައި ފްލައިޓުގެ އެއްވެސް ފަސިންޖަރަކަށަށް ނުވަތަ ކްރޫ މެމްބަރަކަށްވެސް އަނިޔާއެއްވެފައި ނުވާކަމަށް މޯލްޑިވިއަންއިން ބުނެއެވެ. މޯލްޑިވިއަންއިން ބުނީ މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބުން ތަހުޤީޤްކުރަމުން އަންނަކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ޙާދިސާ ހިނގާފައިވަނީ ވައިގަދަވުމުގެ ސަބަބުންނެވެ، މި ޙާދިސާ ހިނގުމާއެކު ބޯޓުގައި އެވަގުތު ތިބި ފަސިންޖަރުންނާއި ކްރޫ މެމްބަރުން ވަނީ ރައްކާތެރިކަމާއެކު ފްލައިޓުން ބާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.