ހުޅުމާލޭގައި މިރޭ ދެމާރާމާރީއެއްގައި އަނިޔާވެ ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލޭގައި ހިނގި މާރާމާރީގެ ތެރެއިން ފުރަތަމަ މާރާމާރީ ހިނގާފައިވަނީ ފޭސް އެކެއްގެ ލަޔަރ ރެސްޓޯރެންޓު ކައިރީގައިކަމަށެވެ. ފުލުހުން ބުނީ މިމާރާމާރީގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 21:17 ހާއިރުކަމަށެވެ.
ދެވަނަ މާރާމާރީ ހިނގާފައިވަނީ ފޭސް ދޭއްގެ ބްރިޖް ކައިރީގައިކަމަށާއި މިމާރާމާރީގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 21:32 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ. މިދެމާރާމާރީގައި ދެމީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެފައިވާއިރު ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ވަރަށް ގާތްގާތުގައި ހިނގާފައިވާ މިދެމާރާމާރީއާއި ގުޅުމެއްވާކަމެއް ނުވަތަ މިއީ ކޮންކަމަކާއި ގުޅިގެން ހިނގި މާރާމާރީއެއްކަން ފުލުހުން ވިދާޅުނުވާއިރު މިދެ މާރާމާރީވެސް ތަޙުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.
ފަހަކަށް އައިސް މަރާމާރީތައް އިތުރުވަމުން އަންނައިރު މިދިޔަ ހޯމަ ދުވަހުވެސް މާލޭގެ ދެސަރަޙައްދެއްގައި 2 މާރާމާރީއެއް ހިނގާ 4 މީހަކަށްވަނީ އެކިވަރުގެ އަނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ