އިންތިޚާބުވެއްޖެނަމަ އެންމެ ފުރަތަމަވެސް ބާއްވާނީ އިސްމާލީ މަޝްވަރާ މަޖިލީހުގެ އިންތިޚާބު: ފައްޔާޒް

އިންތިޚާބުވެއްޖެނަމަ އެންމެ ފުރަތަމަވެސް ބާއްވާނީ އިސްމާލީ މަޝްވަރާ މަޖިލީހުގެ އިންތިޚާބު: ފައްޔާޒް

Author
މުޙައްމަދު ޖިމީ
04 މެއި 2022 11:45
0

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ އެންމެ ފުރަތަމަ ކުރައްވާނެ އެއްކަމަކީ އެޕާޓީގެ އިސްލާމީ މަޝްވަރާގެ މަޖިލީހުގެ އިންތިހާބު ބޭއްވުންކަމަށް އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރޭ ރ.ދުވާފަރުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ، މެއި 14 ވަނަ ދުވަހު އިންތިހާބުވެގެން އެ ޕާރޓީގައި ވީނުވީއެެއް ނޭނގި ގެެއްލިފައިވާ އިސްލާމީ މަޝްވަރާގެ މަޖިލީހުގެ އިންތިހާބު ބާއްވާނެކަމަށެވެ. ދީނީ ހަމަތަކުގެ މަތިން  އެ ޕާރޓީ ހިންގާނެކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރާކަމަށް އިންތިގެ ޓީމުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ކަން ބެލުމަށް އެމްޑީޕީގެ ކަމާއިބެހޭ ކޮމެޓީއަށް ހުށަހެޅުުން ނިންމާފައިވަނީ، އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށެވެ.

ނަމަވެސް ފައްޔާޟުގެ ޓީމުން ވަނީ މިއީ ކަނޑައެޅިގެން ދޮގުވާހަކަތަކެއްކަމަށް ބުނެފައެވެ. މިއިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވަނީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއްވެސް ސާފުވާނެ އިންތިޚާބަކަށް ވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.