ކުރިން ލަފާކުރި މިންވަރަށްވުރެ 0.7 އިންސައްތަ އިންޑިއާގެ އިޤްތިޞާދު ދަށަށްދާ މިންވަރު ރަނގަޅުވާނެ: މޫޑީސް

ކުރިން ލަފާކުރި މިންވަރަށްވުރެ 0.7 އިންސައްތަ އިންޑިއާގެ އިޤްތިޞާދު ދަށަށްދާ މިންވަރު ރަނގަޅުވާނެ: މޫޑީސް

Author
ޢަލީ އާދަމް
12 ނޮވެމްބަރ 2020 05:18
0

މޫޑީސް އިންވެސްޓަރސް ސަރވިސް އިން، އިންޑިއާގެ އިޤްތިޞާދު މި އަހަރު ދަށަށް ދާނެ ކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ 0.7 އިންސައްތަ ރަނގަޅުވާނެ ކަމަށް މޫޑީސް އިން ބުނެފިއެވެ.

މޫޑީސް އިން ސެޕްޓެމަބަރު މަހު ލަފާކޮށްފައި އޮތީ ކޯވިޑް-19ގެ ސަބަބުން އިންޑިއާގެ އިޤްތިޞާދު 9.6 އިންސައްތަ ދަށަށް ދާނެކަމަށެވެ. ނަމަވެސް މޫޑީސް އިން މިހާރު އެ ގައުމަށް އަންގާފައިވާ ގޮތުގައި މި އަހަރުގެ ނިޔަލަށް އެ ގައުމުގެ އިޤްތިޞާދު ދަށަށް ދާނެކަމަށް ލަފާކުރެވެނީ 8.9 އިންސައްތައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާއަށް ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރި އެންމެ ހާލަތު ގޯސްވެފައި ވަނީ އޭޕްރީލް، ޖޫން ހިސާބުގައެވެ. މުޅި ދުނިޔޭގައި ވެސް އެންމެ ހަރުކަށި ލޮކްޑައުނެއް ހިންގަންޖެހުނު، އިންޑިއާގެ އިޤްތިޞާދީ ހަރަކާތްތައް ލޮކްޑައުންގެ ފަހުން މިހާރު ވަނީ 23.9 އިންސައްތަ އިތުރު ވެފައެވެ. މޫޑީސްއިން އިޤްތިޞާދު ދަށަށް ދާނެ ކަމަށް ލަފާކުރާ އިންސައްތަ ދަށް ކުރީވެސް މި ސަބަބާހުރެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް އެ ގައުމުގެ ސަރުކާރުން މި ހަފްތާގެ ތެރޭ 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް އިއުލާން ކުރުމަށް ތައްޔާރުވަމުން ދާކަމަށް އެ ގައުމުގެ އޮފިޝަލުންނާއި ހަވާލާދީ ރޮއިޓަރސް އިން ޚަބަރުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.