ދެ މާރާމާރިއެއްގައި ތިންމީހަކު ޒަޚަމްކޮށްލައިގެން ފަރުވާދެނީ

ދެ މާރާމާރިއެއްގައި ތިންމީހަކު ޒަޚަމްކޮށްލައިގެން ފަރުވާދެނީ

Author
މުޙައްމަދު ޖިމީ
02 މެއި 2022 10:15
0

މާލޭގައި ދެ މާރާމާރިއެއް ހިންގައި ބަޔަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ކޯރުކެނޑި މަގުން މާވެޔޮ މިސްކިތް ކައިރީގައި ފަތިހު 5:48 ކަންހާއިރުކަމަށެވެ. އެ މާރާމާރީގައި 23 އަހަރުގެ ދިވެއްސަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެވަނަ މާރާމާރީ ހިންގާފައިވަނީ ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައިކަމަށާއި، އެ މާރާމާރި ހިނގާފައިވަނީ މިއަދު 9:17 ކަންހާއިރުކަމަށް ފުލުހުން ބުންޏެވެ.  އެ މާރާމާރީގައި ދެ މީހަކު ވަނީ ޒަހަމްކޮށްލައިފައެވެ. އެ ދެމީހުންނަށް އޭޑީކޭގައި އަންނަނީ ފަރުވާދެމުންނެވެ.

މި މާރާމާރިތަކުގައި ޒަޚްމްވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.