ރައީސް ގެންގުޅުއްވާ އަލާއުއްދީން ވޮއްކޮޅުގެ ޑިމާންޑު ބޮޑުވާނެ: އާދަމް ޝަރީފް

ރައީސް ގެންގުޅުއްވާ އަލާއުއްދީން ވޮއްކޮޅުގެ ޑިމާންޑު ބޮޑުވާނެ: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
12 ނޮވެމްބަރ 2020 03:32
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ އަލާއުއްދީންގެ ވޮއްކޮޅުގެ ޑިމާންޑު ބޮޑުވާނެކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ޚިޠާބުން ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް އިޝާރާތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިޜާގެ މެންބަރު އާދަމް ޝަރީފް ވަނީ ރައީސްގެ ޚިޠާބުން އިތުރަށް ކަންކަން އޮޅުވާލާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފޫނުބެއްދޭ ވަރަށް އިޤްތިޞާދު ބޮއްސުންލާފައިވާކަމަށާއި، ބަޖެޓުގެ ދެބައިކުޅަ އެއްބަޔަކީ ދެފިސިޓްކަމަށެވެ.

ޤައުމު އަރައިނުގަނެވޭވަރުގެ އަނދަވަރަކަށް ވެއްޓި ސިޔާސަތު ނުރައްކާވާނެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ އަލާއުއްދިންގެ ވޮއްކޮޅުގެ ޑިމާންޑް ބޮޑުވާނެ.

– މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު

މިސަރުކާރުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގި މަޝްރޫޢުއެއް ނެތްކަމަށާއި، ޤައުމު ދަރަނިވެރިކޮށްލާފައިވާކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި ޤައުމުގެ އިޤްތިޞާދު ހީނަރުވަމުން އަންނަކަންވެސް އިދިކޮޅުން ފާހަގަކުރެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖޫމްހޫރިއްޔާ އިއްޔެ ދެއްވި ޚިޠާބުގައި ވަނީ އަންނަ އަހަރަށް ރާވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ގައުމުގައި އޮތް ސިޔާސީ އަދި އިޖްތިމާއީ ހަމަނުޖެހުން ހައްލުކޮށް، މިއަހަރު ކޯވިޑް-19ގެ ކަންކަމުން އަރައިގަތުމަށް ފަހު އަންނަ އަހަަރަކީ މީހުން ބިނާކުރުމާއި މަޝްރޫއުތަކުގެ އަހަރު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.