ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުއަކީ ރައްޔިތުންގެ އިހުސާސް ދަންނަ، ވައުދު ފުއްދާ ރައީސެއްކަން ދިވެހި ރައްޔިތުންނަށް އެގިގެން ހިގައްޖެ ކަމުގައި، ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ސަރުކާރުން މިއަދު ބޮޑުކުރި ކުރުމަށް އިޝާރާތް ކުރައްވާ، ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ސާލިހަކީ ރައްޔިތުންގެ އިހުސާސް ދަންނަ ރައީސެއް ކަމަށާއި، އުމުރަށް، ކުލައެއް، ވަކި ރަށެއް ތަފާތު ކުރުމެއްނެތި ރައީސް ސާލިހު މި ގެންދަވަނީ ވައުދުތައް ފުއްދަވަމުން ކަމަށާއި، މިސަރުކާރުން މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރު ކޮށްދެއްވާނެ ކަމުގައެެވެ.
Raees.@ibusolih akee Rahyithunge ihusaas dhahna ,vaudhu fuhdhaa raees eh kan dhivehi rahyithunah engigen higajje.mee rahyithunge raees eh.kulayakah ,umurakah ,vaki rasheh,thafaathu kurumeh nethi midhanee kanthah kuramun.masahkah thereenge haqqu kashavaru mi sarukaarun kuraane.
— Saudulla Ahmed (@saudullaahmed1) May 1, 2022
ސައުދު ވިދާޅުވި ގޮތުގައި، މިއަދު ފެނިގެން މިދިޔައީ އޭގެ ފުރިހަމަ ހެކި ކަމަށާއި، ރައިސް ސާލިހަށް ދެވަނަ ފުރުސަތެއް ދޭން މިޖެހެނީ، ކުލުނު ހުރި، އަދި ގައުމު ބިނާކުރުމުގައި ދެމިހުރި ހަމައެކަނި ބޭފުޅަކީ އެމަނިކްފާނުކަން ފާއިތުވެދިޔަތަނުން ސާބިތިވެފައިވާތީ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުވަނީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މިއަދު ބޮޑު ކޮށްދެއްވާފައެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރެއްވިކަން އިއުލާން ކުރައްވަމުން، ގައުމާ މުޚާތަބުކޮށް މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ، ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުން ކަމުގައެވެ.
މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ މަސައްކަތްތެރިން ދުވަހުގެ މުނާސަބަތާއިވެސް ދިމާކޮށް، ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް، މިގެނައި ބަދަލާއެކު، ހަމައެކަނި މުސާރައާއި ޢިނާޔަތްތަކުންވެސް މުދައްރިސުންނަށް ލިބޭނެކަމަށާއި، އަލަށް މިއެކުލަވައިލި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން، ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ