އެއަރޕޯޓް ދޫނި ލެބުން ވައްކަންކުރި ބަޔަކު ހޯދަނީ

އެއަރޕޯޓް ދޫނި ލެބުން ވައްކަންކުރި ބަޔަކު ހޯދަނީ

Author
މުޙައްމަދު ޖިމީ
01 މެއި 2022 01:07
0

އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްގެ ދޫނި ލެބުން ވައްކަން ކޮށްފައިވާ މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ. ފުލުހުން ވަނީ އެ ދެމީހުން ވައްކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.

ފުލުހުން ބުނީ، އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ 2022 އޭޕްރީލް 27 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްގެ ދޮރެއް ހަލާކުކޮށްލައި، އެތަނުގެ ދޫނި ލެބުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ބައެއްކަމަށެވެ.

މި މައްސަލައަކާ ގުޅިގެން އެއަރޕޯޓް ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ ދެމީހުންކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އެ ވީޑިއޯއިން ފެންނަ  ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެއަރޕޯޓް ޕޮލިސްގެ ނަންބަރު 9968024 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.