އަދާލަތު ދައުލަތުގެ ބަޖެޓުން ފައިސާލިބޭގޮތަށް 10 ހާސް މެންބަރުން ހަމަކޮށްދިނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ރިޝްވަތު ނަގައިގެންކަމަށް ބުނުމުގެ ޖާގަ އެބައޮތްކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު އަޙްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ޕީޕީއެމްއަށް ސޮއިކޮށްފައިވާ 13 މެމްބަރުންގެ އާއިލާއެެއް އެހެން ބައެއްްގެ ބޮޑުވާ އިގިލީގެ ނިޝާން ބޭނުންކޮށްގެން އަދާލަތު ޕާޓީއަށް ވައްދާފައިވާކަމަށް އެ އާއިލާއިން ތުހުމަތުކުރުމާއި ގުޅިގެންނެވެ.
އެކަމާއި ގުޅިގެން ރުކުމާ ވިދާޅުވީ، ފައިގެ ފުންނާބުން ނިޝާން ޖެހިޔަސް "ޖަނަވާރެއްގެ މޮށްގަނޑުގެ ނިޝާން" ޖެހި ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ 10ހާސް މެންބަރުން ހަމަކޮށްދިނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ރިޝްވަތު ނަގައިގެންނޭ ބުނުމުގެ ޖާގަ އެބައޮތްކަމަށެވެ.
ފައިގެ ފުންނާބުން ނިޝާން ޖެހިޔަސް ޖަނަވާރެއްގެ މޮށްގަނޑުގެ ނިޝާން ޖެހި ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ 10ހާސް މެންބަރުން ހަމަކޮށްދިނީ @ElectionsMv މެންބަރުން ރިޝްވަތު ނަގައިގެންނޭ ބުނުމުގެ ޖާގަ އެބައޮތްhttps://t.co/6LbcLDxptb
— ރުކުމާ (@RukumaA) April 29, 2022
ޕީޕީއެމްގެ މެންބަރުންތަކެއް އޮޅުވާލައިގެން އަދާލަތު ޕާޓިއަށް ވައްދާފައިވާކަމަށް ތުހުމަތުކޮށް އެ މައްސަލަ ކޯޓަށް ހުށައަޅަނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ، ޕީޕީއެމް ގެ އާއިލާއެއް "ވަގަށް" އަދާލަތު ޕާޓީއަށް ވެއްދިކަމުގެ ޝަކުވާ ލިބެމުން އަންނަކަމަށެވެ. އެގޮތޔުން އެފަދަ ޝަކުވާއެއް މިއަދުވެސް ލިބިފައިވާކަމަށާއި، ވެއްދި ފޯމްގައި ޖަހާފައިވާ ފޯނު ނަމްބަރަކީ ވުޖޫދުގައިވެސް ނެތް ނަމްބަރެއްކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި އިނގިލީގެ ނިޝާން ދިމާނުވާކަމަށާއި ހީވަނީ ފައިގެ ބޮޑުވާ އިނގިލީގެ ނިޝާނެއްހެންކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ހެކިވެރިންނަށް ޖަހާފައިވާ ފަރާތްތަކަށް ގުޅުމުން އެއީ އެފަރާތްތައް ނޫންކަމަށާއި،ނަންބަރަކީ ވެސް ނުބައި ނަމްބަރެއްކަމަށް ވިދާޅުވި.ޕީޕީއެމްގެ ދަފްތަރުން ވައްކަން ކުރާވާހަކަ އަޅުގަނޑުމެން ދައްކަނީ އެކަމުގެ ހަޤާީގަތް އޮތީމަ. ތާއީދު ނެތިއްޔާ ސިޔާސީ ކަންކަމުގަ ނޫޅެބަލަ އިމްރާން ޢަބްދުﷲ.
– އިބްރާހީމް ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ، މިމައްސަލަ ކޯޓަށް ހުށައަޅާނެކަމަށާއި، މިފަހަރު މިވައްކަން ހުއްޓުވާނެކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ދައުރު މިވައްކަމުގައި އޮތްތޯ ބަލަން ވަރަށް ފަސޭހަވެއްޖެކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
އަދާލަތަށް 10ހާސް މީހުން ހަމަކުރީ މިފަދަ ނަހަލާލު ގޮތްގޮތައްކަން ވަރަށް ސާފު.
– ޕީޕީއެމުން ގެންދަނީ އެޕާޓީއަށް ނޭގި އެތައް ސަތޭކަ މެންބަރުންނަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށާއި ކޯލިޝަން ޕާޓީ އަދާލަތަށް ބަދަލުކުރާކަމުގެ ތުހުމަތުކުރަމުންނެވެ. އެފަދަ ޝަކުވާތައް ބޮޑުވެ އިލެކްޝަންސް ކޮމިޝަނުން ވަނީ ހުރިހާ ސިޔާސީ ޕާޓިއެއްގެ މެންބަރުން ހިމެނޭ ދަފްތަރު އާންމު ކުރުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ