2021 ވަނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓުގެ މައުލޫމާތުތަކާއި، ހިންގަން ރާވާފައިވާ ތަރައްޤީގެ ޕްރޮގުރާމުތަމަށް މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކެންޑިޑޭޓުންނަށް ސަރުކާރުން ދެއްވައިފިއެވެ.
އެމްޑީޕީ އޮފީހުގައި އޮތް މިބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން މައުލޫމާ ދެއްވާފައިވަނީ މިނިސްޓަރ އަމީރާއި، ފިނޭންސް މިނިސްޓްރީގެ ސިވިލްސާވިސްގެ މަޤާމެއް ފުރުއްވަމުންދާ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކްޓިވް އަހުމަދު ޝަރުވަޝް އާދަމް އެވެ.
މިބައްދަލުވުމާއި ގުޅޭގޮތުން އެމްޑީޕީން ބުނެފައިވަނީ 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ މާލޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ސިޓީ ކައުންސިލަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަށް ކުރިމަތިލެއްވި އެޕާޓީގެ ކެންޑިޑޭޓުންނަށް ފައިނޭންސް މިނިސްޓަރވަނީ މަޢުލޫމާތުދެއްވާފައިކަމަށެވެ. އަދި މިމައުލޫމާތުތަކުގެ ތެތޭގައި ބޯހިޔާވަހިކަމާއި، ތޮއްޖެހުން ކުޑަކުރުމާ ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރެވިފައިވާކަމަށެވެ.

އެމްޑީޕީގެ މި ޓްވީޓަށް ރައްދު ދެއްވައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން ބޯހިޔާވަހިކަން ހޯދުމަށް ހުއްޓުމެއްނެތި ސިލްސިލާ މުޒާހަރާތައް ބާއްވަމުންދާ ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) ބުނެފައިވަނީ އެމްޑީޕީން މާލޭގެ ރައްޔިތުންނަށް އިޔާދަނުކުރެވޭ ވަރުގެ އަނިޔާވެރި ގެއްލުމެއް ދެމުންދާ ގުޅީފަޅުގައި ޕޯޓް އަޅައި ބޭރު ބަޔަކަށް އެތައް ވިއްކާލަން ނިންމުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫންކަމަށެވެ.
މާލެ ސިޓީގެ ކައުންސިލަރުންނާއި ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޕެއިނަށް ބޭނުންވާ ކަންކަން ސަރުކާރުން ފަހިކޮށް ދެއްވަމުންދާއިރު އިދިކޮޅުން ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅުން ވަނީ ކައުންސިލް އިންތިޚާބް ކުރުމުގެ ފުރުސަތު އިދިކޮޅަށް ބަންދުކޮށް ސަރުކާރުން މުޅި ރާއްޖޭގައި އެކި ނަންނަމުގައި ކެންޕެއިން ކުރަމުންދާތީ އެފުރުސަތު ހޯދުމަށް އިލެކްޝަން ކޮމިޝަނާއިވެސް މިދިޔަ ހަފްތާގައި ބައްދަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ