ފުރަތަމަ ލެގުން މޮޅުވެ ލައިޕްޒިން ފައިނަލުގެ އުންމީދުގައި

ފުރަތަމަ ލެގުން މޮޅުވެ ލައިޕްޒިން ފައިނަލުގެ އުންމީދުގައި

Author
މުޙައްމަދު ޝަޒައިމް
29 އޭޕްރިލް 2022 11:18
0

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އާރްބީ ލައިޕްޒިގުން 1-0 އިން ރޭންޖާސް ބަލިކޮށްފިއެވެ.

ލައިޕްޒިގަށް މެޗުގައި މާ ގިނަ ހަމަލާތަކެއް އުފައްދަން ފުރުސަތުތަކެއް ނުލިބުނެވެ. ނަމަވެސް މެޗު ކާމިޔާބުކުރީ މެޗުގެ 85 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އެންޖެލީނޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މިއާ އެކު ރޭންޖާސް އަށް ވަނީ އެޓީމު 14 އަހަރު ފަހުން ޔޫރަޕުގެ މުބާރާތެއްގެ ފައިނަލް ކުޅެން ކުރަމުން ދާ އުންމީދު ހަގީގަތަކަށް ހަދަން އަމިއްލަ ދަނޑުގައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. އެންމެ ފަހުން ރޭންޖާސް ޔޫރަޕުގެ މުބާރާތެއްގެ ފައިނަލުގައި ކުޅުނީ 2008 ވަނަ އަހަރެވެ. އެ އަހަރުގެ ޔޫއެފާ ކަޕްގެ ފައިނަލުގައި ރަޝިއާގެ ޒެނިތާ ދެކޮޅަށް ކުޅެ ރޭންޖާސް ވަނީ 2-0 އިން ބަލި ވެފައެވެ.

އަންނަ ހަފްތާގައި ކުޅޭ ދެ ވަނަ ލެގުން އެއްވަރުކޮށްލައިގެން ވެސް ލައިޕްޒިގާއި ފްރޭންކްފާޓަށް ފައިނަލުން ފުރުސަތު ހޯދޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.