ވޯލްޑް ކަޕްގެ ރަސްމީ ބޯޅަ އާންމު މަޖިލީހުގެ ރައީސް ޝާހިދަށް

ވޯލްޑް ކަޕްގެ ރަސްމީ ބޯޅަ އާންމު މަޖިލީހުގެ ރައީސް ޝާހިދަށް

Author
މުޙައްމަދު ޝަޒައިމް
29 އޭޕްރިލް 2022 10:31
0

ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ އަލް ރިހްލާ އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްއަށް ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ އެރުވީ ގަތަރުން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އަލްޔާ އަޙްމަދު ސައިފް އަލް ތާނީއެވެ. ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ ޝާހިދަށް އެރުއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ މިއީ ލިބުނު ފަޚުރެއް ކަމަށް ވިދާޅުވެފައެވެ. އަދި ފުޓުބޯޅައަށް ލޯބިކުރާ ސަޕޯޓަރެއްގެ ހައިސިއްޔަތުން މި ބޯޅަ ލިބުން އެއީ އެދިއެދި ހުރި ކަމަށެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ގަތަރުގައި މިއަހަރު ފަހުކޮޅު ކުރިއަށް ގެންދާން ނިންމާފައިވާ ވޯލްޑް ކަޕަކީ ތާރީޚުގައި ލިޔެވިގެންދާނެ ވޯލްޑް ކަޕަކަށް ވެގެންދާނެ ކަމުގައެވެ. މިއަހަރުގެ ވޯލްޑް ކަޕުގައި ބޭނުންކުރާ ބޯޅަ އަލް ރިހްލާ އުފައްދާފައިވަނީ އެޑިޑާސްއިންނެވެ. މިއީ އެޑިޑާސްއިން ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ އުފެއްދި 14 ވަނަ ފަހަރެވެ.

އެކުންފުނިން ހާމަކުރިގޮތުގައި މި ފަހަރުގެ ބޯޅައަކީ މިހާތަނަށް އުފެއްދި ހުރިހާ ބޯޅަ ތަކަށް ބަލާއިރު ބޯޅަ ޖެހުމުން އެންމެ ބާރަށް ދަތުރު ކުރާ ބޯޅައެވެ. އަދި މިބޯޅައަށް ދީފާވާ އަރަބި ނަންކަމަށް އަލް ރިހްލާގެ ނަން ދީފައިވަނީވެސް މިކަމަށް ބިނާކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެއިތުރުން މިއީ މިހާތަނަށް އަމާޒަށް އެންމެ ރަނގަޅަށް ވާސިލް ވާނެ ބޯޅައަށް ވެގެންދާނެކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.