އަދަލާތު ޕާޓީގެ މެމްބަރަކަށް ވުމަށް ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަނީ، ޕާޓީން ފުރިހަމަ ކުރަންޖެހޭ އެންމެހައި އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު، ޤާނޫނުގައިވާ އެންމެހައި އިޖުރާއަތްތައް ފުރިހަމަކޮށްގެންކަމުގައި އެޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ ޕީޕީއެމްގެ މެންބަރުންތަކެއް އޮޅުވާލައިގެން އަދާލަތު ޕާޓިއަށް ވައްދާފައިވާކަމަށް ތުހުމަތުކޮށް އެ މައްސަލަ ކޯޓަށް ހުށައަޅަނެކަމަށް އިދިކޮޅުން ނިންމުމުންނެވެ. ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ، ޕީޕީއެމް ގެ އާއިލާއެއް "ވަގަށް" އަދާލަތު ޕާޓީއަށް ވެއްދިކަމުގެ ޝަކުވާ ލިބެމުން އަންނަކަމަށެވެ.
އެގޮތުން އެފަދަ ޝަކުވާއެއް އިއްޔެވެސް ލިބިފައިވާކަމަށާއި، އަދާލަތަށް ވެއްދި ފޯމްގައި ޖަހާފައިވާ ފޯނު ނަމްބަރަކީ ވުޖޫދުގައިވެސް ނެތް ނަމްބަރެއްކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި އިނގިލީގެ ނިޝާން ދިމާނުވާކަމަށާއި ހީވަނީ ފައިގެ ބޮޑުވާ އިނގިލީގެ ނިޝާނެއްހެންކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ޕީޕީއެމުން ކޯޓަށް މައްސަލަ ވައްދަން ނިންމުމާއި ގުޅިގެން ރޭ ދަންވަރު އަދާލަތުން ކުރި ޓުވީޓުގައި ބުނެފައިވަނީ އެޕާޓީއަށް އާންމު މެމްބަރުން ވައްދަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީންކަމަށެވެ. ޕާޓީއަށް ފޯމު ހުށަހަޅުމުން، ޕާޓީން ފުރިހަމަ ކުރުމަށް ޤާނޫނުގައި ބުނާ އެންމެހައި ކަންކަމަކާއި، ބަލަންޖެހޭ އެންމެހައި ކަންކަން ބަލަމުންދާކަމަށް އަދާލަތުން ވަނީ ބުނެފައެވެ.
އަދާލަތު ޕާޓީގެ ދަފްތަރުގައި ނަން ހިމެނުމަށް އެދި ޕާޓީއަށް ލިބޭ އެންހައި ފޯމްއެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަނުން އަންނަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ ކުރަންޖެހޭ އެންމެހައި އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު.
– އަދާލަތުން ބުނެފައިވެއެވެ.
އަދާލަތުން ބުނެފައިވަނީ އެޕާޓީއަށް ލިބޭ ފޯމުތަކުގެ ތެރެއިން ޞައްނޫންކަމަށް ބުނާ ފޯމުތައް އެފަރާތަކުން އެދުމުން ބާތިލްކޮށް، އެމެމްބަރަކު އަދާލަތު ވަކި ކޮށްދެމުންދާކަމަށެވެ.
މިޕާޓީއަށް ލިބޭ ފޯމްއެއް އެއީ ޞައްޚަ ފޯމެއްކަން އެނގިއްޖެނަމަ ނުވަތަ، އެއްވެސް ފަރާތަކުން އެފަރާތެއްގެ ނަން އުނި ކުރުމަށް ހުށަހަޅުއްވައިފިނަމަ އެފަރާތެއްގެ ނަން މި ޕާޓީގެ ދަފްތަރުން މިހާރުވެސް އަންނަނީ އުނިކުރަނުން.
– އަދާލުން ބުނެފައިވެެއެވެ.
ޕީޕީއެމުން ގެންދަނީ އެޕާޓީއަށް ނޭގި އެތައް ސަތޭކަ މެންބަރުންނަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށާއި ކޯލިޝަން ޕާޓީ އަދާލަތަށް ބަދަލުކުރާކަމުގެ ތުހުމަތުކުރަމުންނެވެ. އެފަދަ ޝަކުވާތައް ބޮޑުވެ އިލެކްޝަންސް ކޮމިޝަނުން ވަނީ ހުރިހާ ސިޔާސީ ޕާޓިއެއްގެ މެންބަރުން ހިމެނޭ ދަފްތަރު އާންމު ކުރުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ