ސެލްޑް އަކީ ރޯދަމަސް އަދި އެނޫން މަސްތަކުގައިވެސް ސުފުރާ ފަޅުފިލުވާލުމަށް ހަމަ އެއްވަނައެވެ. ސެލެޑާއި ނުލާ ކެއުން ފުރިހަމަ ނުވާނެއެވެ. އެގޮތުން މިއަދު މި ގެނެސްދެނީވެސް ސިއްހަތަށް ފައިދާހުރި ސެލެޑެއް ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުން ވާނެ ތަކެތި:
- 1 ބްރޮކޮލީ މެދު ސައިޒެއްގެ ( ކޮށާލާއި، ފެންފޮދެއްގައި 10 މިނިޓް ކައްކާލާފައި)
- 1 ކެރެޓް މެދު ސައިޒެއްގެ (ޑައިސްކޮށް ކޮށާފައި)
- 1 ފެހި އާފަލު މެދު ސައިޒެއްގެ (ޑައިސްކޮށް ކޮށާފައި)
- 1/4 ޖޯޑު ފިޔާ (ޑައިސްކޮށް ކޮށާފައި)
- 1/2 ޖޯޑު ވޯލްނަޓް (ރޯސްޓްކޮށްފައި)
- 1/2 ޖޯޑު ހިކި މޭބިސްކަދުރު
- 1/2 ޖޯޑު މަޔޮނައިޒް
- 1/2 ޖޯޑު ސޯކްރީމް
- 2 މޭޒުމަތި ސަމުސާ ލުނބޯހުތް
- 1/2 ސައިސަމުސާ އަސޭމިރުސް ޕައުޑަރި
- 1/2 ސައިސަމުސާ ހަކުރު
ލޮނުކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ މަޔޮނައިޒް، ސޯކްރީމް، ލުނބޯހުތް، އަސޭމިރުސް، އަދި ހަކުރު ކޮޅު ތަށްޓަކަށް އެޅުމަށްފަހު ރަނގަޅަށް ހުރިހާ އެއްޗެއް މިކްސް ކޮށްލާށެވެ. ރަނގަޅަށް މިކްސް ވެ ސެލެޑްގެ ޑްރެސިންގ ތައްޔާރުވުމުން އޭގެތެރެއަށް ބާކީހުރި ހުރިހާ ތަކެތި އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
ސެލެޑް ތައްޔާރުވީއެވެ.
ކޮމެންޓު ފޮނުވާ