ނޫޑްލުސް އަކީ ފަސޭހައިން ކައްކާލެވޭ އެހާމެ މީރު އެއްޗެކެވެ. ތަފާތު ގޮތް ގޮތަށް ނޫޑްލުސް ތައްޔާރު ކުރެވިދާނެއެވެ.

ބޭނުން ވާނެ ތަކެތި:
- 2 ޕެކެޓް ނޫޑްލުސް (މަމީ)
- 1 ޕެކެޓް ނޫޑްލުސް ސޫޕް
- 2 ފިޔާ ބޮޑު
- 4 ލޮނުމެދު
- 6 ހިކަނދިފަތް
- 4 އިންޗި ރާނބާފަތްކޮޅެއް
- 8 ހިކިމިރުސް ކޮށާފައި
- 1 ތޮޅި މިރުސް
- 1 1/2 ޖޯޑު ފެން
- 1 ގަނޑު ވަޅޯ މަސް (ތުނިކޮށް ކޮށާފައި)
- 3 މޭޒުމަތީ ސަމުސާ ތެޔޮ
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ފިޔާ، ލޮނުމެދު، ހިކި މިރުސް، ތޮޅި މިރުސް، މަސް، ހިކަންދި ފަތް އަދި ރާނބާފަތް ތެއްޔަކަށް އަޅައިގެން ތެޔޮ ފޮދުގައި ރަތްކޮށްލާށެވެ.
ރަނގަޅަށް ފިޔާ ކޮޅު ރައްވުމުން ނުވަތަ ފިޔާކޮޅަށް ގޯލްޑެން ބަރައުން ކުލަ އައުމުން ފެންފޮދު އަޅާލާށެވެ. އަދި ފެން ކެކެން ފެށުމުން ނޫޑްލުސްތައް ވަރަށް ކުދިކޮން އަތުން ޖަހައި މުގުރާލާށެވެ. އަދި އެއްޕެކްޓް ނޫޑްލުސް ސޫޕް އެޅުމަށް ފަހު ރަނގަޅަށް ކައްކާލާފައި ނޫޑްލުސްކޮޅު އަޅާލާށެވެ. އަދި މަތި ޖަހައިގެން ފެންތައް ހިނދެންދެން ކައްކާލާށެވެ.
ކޮމެންޓު ފޮނުވާ