ލެމަނޭޑަކީ ހޫނު މޫސުމުގައި ބޭނުން ކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. އިހު ޒަމާނުން ސުރެ ލުނބޯ ހުތު ފަންޏަކީ ރޯދަމަހާއި އަދި އެނޫން މަސް މަހުގައިވެސް ވަރަށް ޑިމާންޑް ބޮޑު އެއްޗެކެވެ.

ބޭނުން ވާނެ ތަކެތި:
- 4 ޖޯޑު ފެން
- 3/4 ޖޯޑު ހަކުރު
- 1/2 ޖޯޑު ލުނބޯ ހުތް
- 1 ސައިސަމުސާ ލުނބޯ ތޮށި ގާނާފައި
- 4 މޭޒުމަތީ ސަމުސާ ގެރިކިރު
ތައްޔާރު ކުރާނެ ގޮތް:
ހުރިހާ ތަކެތި މިކްސަރަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު ފުރޭންޏެއް ބޭނުން ކޮށްގެން ފުރާނާލުމަށް ފަހު ޖަގަކަށް އަޅައި ގަދައަށް ފިނި ކޮށްލާށެވެ.
ކޮމެންޓު ފޮނުވާ