ކުލްފީއަކީ އަވަށްޓެރި އިންޑިއާގައި ވަރަށް މަގުބޫލު އެއްޗެކެވެ. އަދި ހަމަ އެހެންމެ ފިނި މި ބުއިމަކީ މިފަދަ ގަދަ ހޫނުގައި ޢީދު ދުވަހުގެ މެންދުރަށް އެންމެ ރަނގަޅު ބުއިމަށް ނުވެ ނުދާނެއެވެ.

ބޭނުން ވާނެ ތަކެތި:
ޝުގާ ސިރަޕަށް
- 3 މޭޒުމަތީސަމުސާ ހަކުރު
- 1 ޖޯޑު ފެން
- 1 ސައިސަމުސާ ސެފްރޯން
- ކޭސަރް ކޮޅެއް (ފެނަށް ގިރުވާލާފައި)
ފަލޫދާއަށް
- 2 މޭޒުމަތީސަމުސާ ފަލޫދާ
- 2 މޭޒުމަތީސަމުސާ އިސްބަގުލް (މަސްލައްވައިފަ)
- 2 މޭޒުމަތީސަމުސާ ރޯސް ސިރަޕް
- 3 މޭޒުމަތީސަމުސާ ގެރިކިރު
- 1 މޭޒުމަތީސަމުސާ ކޭސަރް ސިރަޕް
- 1/2 ޖޯޑު ކިރު
- 1/2 ޖޯޑު ފެން
- ބޭނުން ވައްތަރެއްގެ ބަދަން ކޮޅެއް (ޗިސްކޮށްލާފައި)
- ވެނީލާ އައިސްކްރީމް (ބޭނުންވާނަމަ)
ތައްޔާރު ކުރާނެ ގޮތް:
ޝުގާ ސިރަޕް: އުދުން މައްޗަށް ކުޑަ ތެއްޔެއް އުދުމަށްފަހު ފެނާއި، ހަކުރު، ސެފްރޯން އަދި ކޭސަރް ކޮޅު އަޅާފައި ކައްކާލާށެވެ. އަދި ހިހޫ ކުރުމަށް ބަހައްޓާށެވެ.
ފަލޫދާ: ފުރަތަމަ ތައްޔާރު ކުރި ޝުގާ ސިރަޕުން ބައި ޖޯޑު ސިރަޕް ނެގުމަށްފަހު ތެއްޔަކަށް އަޅާލާށެވެ. އަދި ކައްކަން އުދާށެވެ. ކެކުމުން ފެން، ކިރު، އަދި ގެރިކިރު ކޮޅުވެސް އަޅައި ކައްކާލާށެވެ. ރަނގަޅަށް ކެކުމުން އުނދުން މަތިން ބަލާފައި ހިހޫ ކޮށްލާށެވެ.
ހިހޫ ވުމުން އިސްބަގުލް އަދި ރޯސްސިރަޕް ފޮދު އެއްކޮށްލާށެވެ. އަދި ބިއްލޫރި ތައްޓަކަށް އަޅާށެވެ. ތަށީގެ މެދަކާ ހަމައަށް އެޅުމަށް ފަހު ފަލޫދާ ކޮޅު އަދި ބަދަން ކޮޅު މައްޗަށް އަޅާލާށެވެ. ކުލްފީ ފަލޫދާ މީރުވާނީ ވީހާވެސް ފިނިކޮށެވެ. ބޭނުން ނަމަ ވެނީލާ އައިސްކްރީމްގެ ދެ ސްކޫޕްވެސް އަޅާލާށެވެ.
ކޮމެންޓު ފޮނުވާ