ސަބްމެރީނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު އެއްޗެކެވެ. އެގޮތުން ދިވެހިންގެ މެދުގައިވެސް ވަރަށް ހިނގާ ބާވަތެކެވެ.
މިއަދު މި ގެނެސްދެނީ ސަބްމެރިން ސޯސް ތައްޔާރު ކުރާނެ ގޮތެވެ. މި ގޮތަށް ސޯސް ތައްޔާރު ކޮށްލުމުން ގޭގައި މީރު ސަބްމެރިން އެއް ތައްޔާރު ކުރެވިދާނެއެވެ.

ބޭނުން ވާނެ ތަކެތި:
- 1/2 ޖޯޑު އޮލިވް އޮއިލް
- 4 ލޮނުމެދު (ޗޮޕް ކޮށްފައި)
- 2 މޭޒުމަތީ ސަމުސާ ފިޔާ (ޗޮޕްކޮށްފައި)
- 1 މޭޒުމަތީ ސަމުސާ މަސްޓަޑު ކްރީމް
- 2 ބިސް
- 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
- 1/2 ސައިސަމުސާ ލޮނު
- 1/2 ސައިސަމުސާ އަސޭމިރުސް ޕައުޑަރު
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތެޔޮ ފިޔަވާ ހުރިހާ އެއްޗެއް ބްލެންޑަރަށް އަޅައި މިކްސް ކޮށްލާށެވެ. މިކްސް ވުމުން ތެޔޮ ފޮދު އަޅައި ސޯސްއަށް ވަންދެން ބްލެންޑް ކޮށްލާށެވެ. ސޯސް ގަނޑެއް ވަރަށް އޮލަވުމުން މިކްސަރު ނިންވާލާށެވެ. ކޮންމެ ކަހަލަ ސަބްމެރިންނެއް ތައްޔާރު ކުރި ނަމަވެސް މި ސޯސް ގަނޑު ހަމަ ވަރަށް ރަނގަޅުވާނެއެވެ.
ކޮމެންޓު ފޮނުވާ