ޚަތިމަށް ކުޅުޖެހި މީހާ ބަރަހަނާ ހާލުގައި މޫދުގައި އޮއްވާ ހައްޔަރުކޮށްފި

ޚަތިމަށް ކުޅުޖެހި މީހާ ބަރަހަނާ ހާލުގައި މޫދުގައި އޮއްވާ ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
25 އޭޕްރިލް 2022 06:58
0

ޚަތިމަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކުރުމަށްފަހު ފަހުން ދޫކޮށްލި މ.ޝޭޑީހޯމް، ހަސަން ޒިޔާދު، ބަރަހަނާ ހާލުގައި މޫދުގައި އޮއްވާ އަނެއްކާވެސް ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރިކަމުގެ ތުހުމަތުގައި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލާގައި ހައްޔަރުކުރި ޒިޔާދަކީ މީގެ ކުރިން މާލޭގެ މިސްކިތެއްގައި ޚަތިމަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކުރި މީހެކެވެ.

ހަސަން ޒިޔާދު ވަނީ މިސްކިތެއްގެ ގޯތިތެރަށް ކުޑަކަމުވެސް ގޮސްފައެވެ. އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށް ޖެންޑާ މިިނިސްޓްރީން ވަނީ ބުނެފައެވެ.

މި މީހާ ފުރަތަމަ ފަހަރަށް ހައްޔަރުކުރީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ މިސްކިތުބަޔާއި އަދި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މައްސަލައިގައެވެ. އެފަހަރު ދެ ފަރަތެއްގެމަތިން ބަންދުގެ މުއްދަތު އިތުރުކޮށް އޭނާ ބަންދުކޮށްފައިވެއެވެ.

މައްސަލައިގެ ތަހުޤީގު ނިންމައި ދަޢުވާކޮށްދިނުމަށްއެދި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 24ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުންވަނީ ފޮނުވާފައެވެ.  މިސްކިތާއި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީގައި ވާހަކަދައްކަވަމުން، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވަނީ އެނާއަކީ މަސްތުވާތަކެތީގެ ވަބާގަ ޖެހިފައިވާ މީހެއްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.