މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ ސައިކަލު ވަގަށް ނަގަން އުޅުނު މީހާއް ހައްޔަރުކޮށްފިއެވެ.
މޭޔަރު މުއިއްޒުގެ ސައިލަކު ވަގަންނަގަން އުޅެފަނީ، މުއިއްޒުގެ ގެކޮޅު މ.ދިންޔާތު ގޭގެ ގަރާޖުގައި ބަހައްޓާފައި ހުއްޓައެވެ. ސައިކަލު ވަގަށް ނަގަން އުޅެނިކޮށް އެމީހާ ހުއްޓުވީ ފުލުހުންނެވެ.
އެމީހާ ސައިކަލު ގަރާޖުން ނެރެނިކޮށް، ފުލުހުންނަށް ފެނިގެން ވަނީ އެނާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކްރިނަލްކޯޓަށް ގެންދިއުމުން ވަނީ 15 ދުވަސް ދީފައެވެ. މާލޭގައި ސައިލަކު ވަގަށް ނެގުމަކީ ވަރަށް އާންމުކަމެވެ. ޚާއްސަކޮށް ރޯދަމުގައި މިފަދަ ވައްކަން ކުރާލެއް އިތުރުކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ