ރެސިޕީ: ސްޓްރޯބެރީ ލިމޭޑް

ރެސިޕީ: ސްޓްރޯބެރީ ލިމޭޑް

Author
ފާތިމަތު ނާވީ
28 އޭޕްރިލް 2022 08:10
0

ތަފާތު ވައްތަރުގެ ފަނި ނުވަތަ ޖޫހަކީ ރޯދަމަހުގައި އެންމެ ހިނގާ އެއްބާވަތެކެވެ. ހާއްސަކޮށް މި ރޯދަމަހަކީ ވަރަށް ހޫނު ރޯދަމަހެއް ކަމުން ފިނި އެއްޗެއްސަށް އޮތް ޑިމާންޑް ވަރަށް ބޮޑެވެ.

މިއަދު މި ގެނެސްދެނީ ފިނި ބުއިމެއް ތައްޔާރު ކުރާނެ ގޮތެވެ. މިއީ ތަފާތު ބުއިމަކަށް ތައްޔާރު ކޮށްލުމަށް ރަނގަޅު އެއްޗަކަށް ވާނެއެވެ.

ބޭނުން ވާނެ ތަކެތި:

  • 1/2 ޖޯޑު ލުނބޯ ހުތް
  • 1/3 ޖޯޑު ހަކުރު
  • 1/3 ޖޯޑު ފެން
  • 2 ޖޯޑު އައިސް ކިއުބް
  • 10 މިންޓް ލީވްސް
  • 15 ސްޓްރޯބެރީ (ޗަސްކޮށްލާފައި)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ހަކުރާއި ފެން އަޅައިގެން މީޑިއަމް ހީޓުގައި 6 މިނިޓް ވަންދެން ކައްކާލާށެވެ. އެއަށް ފަހު ޖަގަކަށް އަޅައިލާށެވެ. ހިހޫވުމުން ލުނބޯ ހުތް، ސްޓްރޯބެރީ، އައިސް ކިއުބް އަދި މިންޓް ލީވްސް ކޮޅު އަޅައިގެން ގިރާލާށެވެ.

އެއަށް ފަހު 2 ނުވަތަ 3 ގަނޑިއިރު ވަންދެން ފިނި ކުރުމަށް އައިސް އަލަމާރީގައި ބަހައްޓަން ވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.