ރެސިޕީ: ފެންފޮޅި

ރެސިޕީ: ފެންފޮޅި

Author
ފާތިމަތު ނާވީ
27 އޭޕްރިލް 2022 06:18
0

ފެން ފޮޅި އަކީ އިހުޒަމާނުން ސުރެ ދިވެހިންގެ މެދުގައި ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ މެދުގައި ވަރަށް މަގުބޫލް އެއްޗެކެވެ.

މިއީ ތައްޔާރު ކޮށްލުމަށް ފަސޭހަ އަދި ސިއްހަތަށް ވެސް ފައިދާ ހުރި އެއްޗެކެވެ. ފެންފޮޅި އާންމުކޮށް ކައިއުޅެނީ ހިކި ރިހަ އާއި އެކުގައެވެ. ނަމަވެސް ހަމަ ކޮންމެ އެއްޗަކާއި އެކުގައިވެސް ފެންފޮޅި ކެވިދާނެއެވެ.

ބޭނުން ވާނެ ތަކެތި:

  • 1 ޖޯޑު ފުށް
  • 2/3 ޖޯޑު ފެން
  • 1/2 ސައިސަމުސާ ލޮނު
  • 1 ބިސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިސް ރަނގަޅަށް ބީޓް ކޮށްލާށެވެ. އަދި ފެނާއި ލޮނު ކޮޅު އަޅައި މިކްސް ކޮށްލާށެވެ. ދެން މަޑުމަޑުން ފުށްކޮޅު އަޅައި އެއްކޮށްލާށެވެ. ފުށްކޮޅު ލަޕްސްނުހުންނަ ވަރަށް އެއްކޮށްލަން ވާނެއެވެ. ފުއްގަނޑު ހުންނަން ވާނީ މެދު މިންގަނޑަށް މާ ދިޔާކޮށް އަދި މާ ތަތް ކޮށްވެސް ނޫނެވެ.

ދެން ތަތްނުލަވާ ތަވައަށް އުނދުޅިއެއް ނުވަތަ ސަމުސަލެއް ބޭނުން ކޮށްގެން އެތިކޮޅެއް އަޅައިލާށެވެ. އަދި ދެފުށުން ޖަހައި ފިހެލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.