ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ނެދެލޭންޑާއި ސްޕެއިން އެއްވަރުވެއްޖެއެވެ.
އެމްސަޓެޑަމް ކުޅުނު މެޗު އެއްވަރުވީ 1-1 ލަނޑުން. މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ސްޕެއިން އިންނެވެ. މިލަނޑު ފުރަތަމަ ހާފްގެ 19 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ސާޖިއޯ ކާނާލެސް. ނެދަލޭންޑްއިން ނަތީޖާ ހަމަހަމަކޮއްދިނީ މެޗުގެ 47 ވަނަ މިނިޓުގައި ޑޮނީ ވެން ޑެ ބީކްއެވެ. ވެންބީކް ވަނީ އެންމެފަހުން ނެދެލޭންޑްއަށް ކުޅުނު ދެމެޗުގައިވެސް ލަނދުޖަހާފައެވެ.
މެޗުގެ ފުރަތަމަ ފަސްމިނިޓުގެ ތެރޭގައި ނެދަލޭންޑް ނަތަން އަޔޭކް އަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. މި ސީޒަނުގައި މެންޗެސްޓަރ ސިޓީއަށް ބަދަލުވި ކުޅުންތެރިޔާ ވަނީ ސިޓީ ހަމެޗު ކުޅެފައެވެ. އެނާ ވަނީ ގައުމީޓީމަށް 16 މެޗު ކުޅެފައެވެ. ރޭގައި މެޗުގައި ސްޕެއިންގެ ކެޕްޓަން ސާޖިޔޯ ރާމޯސް ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު 176 މެޗު ހަމަކޮށް އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު ޖިއޮންލުޖީގެ ބުފޮންގެ ރެކޯޑާ ހަމަކޮށްފައެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޑެންމާކުން ވަނީ ސްވިޑެންގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދާފައެވެ. ސެނަގޯލް އާއި ގިނީ ބިސާއޯ ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ސެނަގޯލްއެވެ. ރޭގަ މެޗުގެ ލަނޑުޖެހި ސެނަގޯލްގެ ސަދިއޯ މާނޭ ވަނީ ގައުމީ ޓީމަށް 20 ލަނޑު ހަމަކޮށް ގައުމީ ޓީމަށް ތިންވަނަ އެންމެ ގިނަލަނޑުޖެހި ކުޅުންތެރިޔާ އަރާ ހަމަކޮއްފައެވެ. އެންމެ ގިނަ ލަނޑުޖަހާފަވާ ހެންރީ ކަމާރާ ރެކޯޑް މުގުރާލަން ސާނޭ ބޭނުންވަނީ މިހާރު ނުވަލަނޑެވެ.