ރިޒާ ފަނޑިޔާރުންނަށް އިންޒާރު ދިން މައްސަލަ ބަލައިދޭން ޖޭއެސްސީން ފުލުހަށް

ރިޒާ ފަނޑިޔާރުންނަށް އިންޒާރު ދިން މައްސަލަ ބަލައިދޭން ޖޭއެސްސީން ފުލުހަށް

ފަނޑިޔާރުންނަށް އިންޒާރުދިނުމުން އައްބާސް އާދިލް ރިޒާގެ ރިޒާ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ޖޭއެސްސީން މިމައްސަލަ ހުށަހެޅީ ކުރީގެ ރައީސް ޔާމީންގެ ގެކޮޅު އަދި ޕީޕީއެމް އޮފީހުގައި ނަގާފައި ހުރި "އިންޑިއާ އައުޓް"ގެ ބޮޑު ބެނާ ނެގުމަށް ފުލުހުން އެ ދެ ގެއަށް ވަނުމުގެ ހުއްދައާއެކު ކޯޓު އަމުރު ނެރުއްވި ފަނޑިޔާރަށް އިންޒާރު ދިން މައްސަލަ ބަލައިދިނުމަށަށެވެ.

އައްބާސް ބުނެފައިވަނީ އެއަމުރު ނެރެދިން ގާޒީ މަތިން ހަނދާން ނެތިދާނެތީ ހަނދާނުގައި ބެހެއްޓުމަށް ޓުއިޓް ކޮށްލީ ކަމަށެވެ. "ވަރަށް ރަގަޅަށް ވާނެ ބަލާ ފާސްކުރަނީ. މަޖީދީމަގުގަ ހުރިހާ ގައްދާރުން ވާޖަހާ ދަމަންވާނެ." އައްބާސް ވިދާޅުވިއެވެ.

އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކާކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ވަނީ ނިންމާފައެވެ. ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ނިންމި ނިންމުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޛް ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގަވާފައެވެ.

ރައީސް ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށެވެ. އަދި ނުރައްކާތަކުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ތަޙައްމަލުކުރަންޖެހޭނެ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައިވެސް ރައީސް ވިދަޅުވިއެވެ.

ރައީސްގެ ޤަރާރުގައި އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހީންނަށް ރައްކައުތެރިކަން ކަށަވަރު ކޮށްދިނުމަށާއި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކައުތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކައުތެރިކަމާއި ޙިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

އެހެންކަމުން ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއްކަމަށް ރައީސްގެ ޤަރާރުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *