ރެސިޕީ: ޕާން ޕިއްޒާ

ރެސިޕީ: ޕާން ޕިއްޒާ

Author
ފާތިމަތު ނާވީ
25 އޭޕްރިލް 2022 07:01
0

އާންމު ޕިއްޒާއެކޭ އެއްގޮތަށް ޕާން ޕިއްޒާ އަކީވެސް ތަފާތު ގޮތް ގޮތަށް ތައްޔާރު ކުރެވިދާނެ އެއްޗެކެވެ.

އެގޮތުން މަސްދަޅު، ކުކުޅު ނުވަތަ ފަރުމަހުގައިވެސް ތައްޔާރު ކޮށްލެވިދާނެއެވެ. ނޫންނަމަ ހުސް ތަރުކާރީގައި ވެސް ޕާން ޕިއްޒާ ތައްޔާރު ކޯށްލެވިދާނެއެވެ. މި ރެސިޕީ މި ހާއްސަ ކޮށްލަނި ދަޅުމަހަށެވެ.

ބޭނުން ވާނެ ތަކެތި:

  • 4 ފޮތި ޕާން
  • 1/2 ޖޯޑު ފިޔާ (ޑައިސްކޮށް ކޮށާފައި)
  • 1/2 ޖޯޑު ބެލް ޕެޕާ (ރަތް، ރީނދޫ، އަދި ފެހި)
  • 1 ކެޕްސިކަމް ކުޑަ
  • މޮޒެރެލާ ޒީޗް
  • 2 ބިސް
  • 1 ދަޅު މަސް
  • 2 ސަމުސާ އޮލިވްއޮއިލް
  • ލޮނު އަދި އަސޭމިރުސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާށެވެ. އެއަށް ފަހު ތެޔޮފޮދެއް އަޅައި ހޫނު ވުމުން ފިޔާ ކެޕްސިކަމް އަަދި ބެލްޕެޕާ ކޮޅު އަޅައި ހަނާ ކޮށްލާށެވެ. އަދި ލޮނާއި އަސޭމިރުސް އެޅުމަށްފަހު ލޮނު ރަހަ ހެޔޮވަރު ކޮށްލާށެވެ. ދެން މަސްދަޅު އަޅައި ކައްކާލުމަށްފަހު ހިހޫ ކޮށްލާށެވެ.

ހަތަރެސްކަން ޓްރޭއެއްގައި ޕާން ކޮޅު އަތުރާލާށެވެ. އަދި ބިސް ގިރާލުމަށްފަހު ޕާންކޮޅުގެ މައްޗަށް އަޅާލާށެވެ. ދެފޮތި ގުޅޭ ތަންތަން ބިސް ފޮދުން ރަނގަޅަށް ފިލްކޮށްލަން ވާނެއެވެ. ދެން މައްޗަށް މަސްކޮޅު އަޅައި ޗީޒް ކޮޅެއް ލުމަށްފަހު ޗީޒްކޮޅު މެލްޓް ވަންދެން އަވަނުން ފިހެލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.