ރެސިޕީ: ޓޫނާ އޮމްލެޓް ރޯލްސް

ރެސިޕީ: ޓޫނާ އޮމްލެޓް ރޯލްސް

Author
ފާތިމަތު ނާވީ
24 އޭޕްރިލް 2022 08:40
0

ޓޫނާ އޮމްލެޓް ރޯލްސް އަކީ އަނގަޔަސް މީރު، މަދު ބާވަތްތަކަކުން ފަސޭހައިން ތައްޔާރު ކޮށްލެވޭނެ އެއްޗެކެވެ.

ބޭނުން ވާނެ ތަކެތި:

  • 4 ބިސް
  • 1/2 ޖޯޑު ފިޔާ
  • 1/2 ޖޯޑު މަސްދަޅު
  • 2 ތޮޅި މިރުސް
  • އަސޭމިރުސް ޕައުޑަރު
  • ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަށްޓެއްގައި ފިޔާ، މިރުސް އަދި މަސް ކޮޅު އެއްކޮށް މޮޑެލާށެވެ. އަދި ލޮނާއި އެސޭމިރުސް އަޅައި ރަހަ ހެޔޮވަރު ކޮށްލާށެވެ.
އެހެން ތަށްޓެއްގައި ބިސްކޮޅު ލޮނާއި އަސޭމިރުސް ކޮޅެއް ލައިގެން ރަނގަޅަށް ބީޓް ކޮށްލާށެވެ. ތަތް ނުލަވާ ތަވައެއް އުނދުން މައްޗަށް އުދާށެވެ. ތަވާ ހޫނުވުމުން ބިސްފޮދެއް ސަމުސަލަކުން އަޅައިލާށެވެ. ކުޑަ އިރުކޮޅަކު ބޭއްވުމަށްފަހު މަސްކޮޅެއް އޭގެމައްޗަށް ރޮނގަކަށް ވާގޮތަށް އަޅާލާށެވެ. އަދި ދޭފަތަކުން ބިސްގަނޑު އޮޅާލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.