ރެސިޕީ: ސެފްރޯން އައިސްކްރީމް

ރެސިޕީ: ސެފްރޯން އައިސްކްރީމް

Author
ފާތިމަތު ނާވީ
24 އޭޕްރިލް 2022 10:31
0

ސެފްރޯނަކީ ފޮނި އަދި ކުޅި ކާތަކެތި ތައްޔާރުކުރުމުގައިވެސް ބޭނުން ކުރާ ބާވަތެކެވެ. ސެފްރޯންގެ ސަބަބުން ރަހަ މީރުކޮށްދީ ކާނާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.
މިއަދު މި ގެނެސްދެނީ ސެފްރޯން އައިސްކްރީމް ތައްޔާރު ކުރާނެ ގޮތެވެ. ސެފްރޯނަކީ އަގުބޮޑު އެއްޗެއްކެވެ. ސެފްރޯން އަގުބޮޑުވަނީ އެހޯދުމަށް ކުރާ ބުރަމަސައްކަތުގެ ސަބަބުން ކަމަށްވެސް ބުނެއުޅެއެވެ.

ބޭނުން ވާނެ ތަކެތި:

  • 2 މޭޒުމަތީ ސަމުސާ ކޯންސްޓާޗް
  • 2 ޖޯޑު ހޯލްމިލްކް
  • 1/2 ޖޯޑު ވިޕްކް ކްރީމް
  • 1 ސައިސަމުސާ ރޯސް ވޯޓާ
  • 1/3 ޖޯޑު ޕިސްޓާޗިއޯ (ޗޮޕްކޮށްފައި)
  • 3/4 ޖޯޑު ހަކުރު
  • 1/4 ސައި ސަމުސާ ސެފްރޯން
  • ދެއިނގިލި ކުރިން ހިފާލެވޭ ވަރުގެ ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަށްޓެއްގައި ބައި ޖޯޑު ހޯލްމިލްކާއި ކޯން ސްޓާޗް ކޮޅު އެއްކޮށްލާށެވެ. ހޯލްމިލްކްގެ އަނެއް ބައި ތަވަޔަކަށް އަޅައި އުދުންމައްޗަށް ލުމަށްފަހު ކެކެން ފެށުމުން ލޮނު އަދި ސެފްރޯން ކޮޅު އަޅާލާށެވެ. އެއަށް ފަހު އުނދުން ނިންވާލައި 30 މިނިޓް ބަހައްޓާށެވެ.

އެއަށް ފަހު ކުރިން އެއެއްކުރި މިލްކް އަދި ކޯންސްޓާޗް ކޮޅުވެސް އުދުންމަތީ ކައްކާލާށެވެ. ކައްކަމުން ދާއިރު މެދުނުކެނޑި ދޭފަތަކުން ހަލުވަމުން ގެންދާށެވެ. މަޑުމަޑުން ތަތްވާން ފެށުމުން ހަކުރު ކޮޅު އަޅާލާށެވެ. އަދި ސެފްރޯން އާއި އެއްކޮށްލައި ރަނގަޅަށް ހިކި އޮލަ ވަންދެން، ހަލުވަމުން ކައްކަމުން ގެންދާށެވެ. ރަނގަޅަށް ކެކުމުން ހިހޫކުރުމަށް ބަހައްޓާށެވެ.

ވިޕިންގްް ކްރީމް ކޮޅު ވިޕްކޮށްލާށެވެ.  އަދި ރޯސްވޯޓާ ފޮދު އަޅައި ރަނގަޅަށް އެއްވުމުން، ވިޕްޑް ކްރީމް އަދި ސެފްރޯން މިލްކް ކޮޅު މަޑުމަޑުން އެއްކޮށްލާށެވެ. އެއަށް ފަހު ތައްޓަކަށް އަޅައި ގަޑުކުރުމަށް ފްރިޖްގައި ބަހައްޓާށެވެ. ރަނގަޅަށް ގަނޑުވުމުން ހުންނާނީ ސެފްރޯން އައިސްކްރީމް ތައްޔާރު ވެފައެވެ. މައްޗަށް ޕިސްޓާޗިއޯ ކޮޅެއް އަޅާލައިގެން ކާލަން މީރުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.