މިއަދުގެ ރެސިޕީގައި މި ކިޔައިދެނީ ކޭކުގެ ބާވަތެއް ކަމުގައިވާ މަފިން އެއް ތައްޔާރު ކުރާނެ ގޮތެވެ. މި މަފިން ތައްޔާރު ކުރުމަށް ހޭދަވާނީ ގާތްގަޑަކަށް 30 ވަރަކަށް މިނިޓެވެ.

ބޭނުން ވާނެ ތަކެތި:
- 4 އައުންސް މެލްޓެޑް ބަޓަރު
- 2 ކަޕް ފުށް
- 1/2 ކަޕް ކޯން ޕްލާ
- 1/4 ސައި ސަމުސާ ލޮނު
- 2 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރު
- 1/2 ކަޕް މާމުއި
- 1/2 ކަޕް ހަކުރު
- 1 ކަޕް ބަޓާމިލްކް
- 2 ބިސް
- 1/3 ކަޕް ތެޔޮ
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 1 ސައިސަމުސާ ގާނާފައިހުރި ލުނބޯތޮށި
- 1 1/2 ކަޕް ބުލޫބެރީ
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ފުށް، ކޯން ފްލާ، ލޮނު އަދިބޭކިން ޕައުޑަރު ކޮޅު ތަށްޓެއްގައި އެއްކޮލާށެވެ. އެއަށް ފަހު އެހެން ތަށްޓެއްގައި މާމުއި، ހަކުރު، ބަޓާމިލްކް، ބިސް، ތެޔޮ، ބަޓަރު، ވެނީލާ އެސެންސް، އަދި ލުނބޯ ތޮށިކޮޅު އެއްކޮށްލާށެވެ.
އެއަށް ފަހު ޑްރައި އަދި ވެޓް އިންގްރިޑިއަންޓް އެއްކޮށްލުމަށްފަހު އެންމެ ފަހުން ބްލޫބެރީކޮޅު އަޅައި އެއްކޮށްލާށެވެ. އެއަށް ފަހު ކަޕްކޭކް އެޅުމަށް ބޭނުން ކުރާ ތަށްޓަށް އަޅައިގެން މަފިން ތައް ފިހެލާށެވެ.
ކޮމެންޓު ފޮނުވާ