ތިން ސްކޫލެއްގައި މަލްޓިޕާޕަސް ހޯލް އަޅަން ބަޔަކާ ހަވާލުކޮށްފި

ތިން ސްކޫލެއްގައި މަލްޓިޕާޕަސް ހޯލް އަޅަން ބަޔަކާ ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
20 އޭޕްރިލް 2022 03:11
0

ތިން ސްކޫލެއްގައި މަލްޓިޕާޕަސް ހޯލް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ. އެ މަޝްރޫޢުތައް ހިންގުމަށް ނިންމާފައިވަނީ ރ.އިންނަމާދޫ ސްކޫލާއި، ހދ.މަކުނުދޫ ސްކޫލުގެ އިތުރުން ތ.މަޑިފުށީ ސްކޫލްގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރ. އިންނަމާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް 'އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް' އާ ހަވާލުކުކޮށްފައިވަނީ 11,341,575.60ރ އަށްކަމށެވެ. މި މަޝްރޫޢު ނިންމަން ކަނޑައަޅަފައިވަނީ 325 ދުވަހުގެ ތެރޭގައެވެ.

ހދ. މަކުނުދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކޯށްފައިވަނީ 'އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް' އާއެވެ. މި މަސައްކަތް ހަވާލުކުރީ 12,008,846.18ރ އަށް، 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން ތ. މަޑިފުށި ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކޯށްފައިވަނީ 'ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް' އާއެވެ. މި މަސައްކަތް ހަވާލުކުރެވުނީ 9,148,413.11ރ އަށް، 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ސްކޫލްތަކުގެ ޢުމްރާނީ ވަސީލަތް ތަރައްްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ގިނަ ޢިމާރާތްތަކެއް އެޅުން ކުރިއަށްދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.