ރެސިޕީ: ބެރީ ބަނާނާ ޖޫގޯ

ރެސިޕީ: ބެރީ ބަނާނާ ޖޫގޯ

Author
ފާތިމަތު ނާވީ
22 އޭޕްރިލް 2022 07:58
0

ދިވެހިންގެ މެދުގައި ޖޫގޯ އަކީ ވަރަށް މަގުބޫލު އެއްޗެކެވެ. ރޯދަ ވިއްލުމަށް މިއަދު މި ކިޔާލަދެނީ ބަނާނާ ބެރީ ޖުގޯ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުން ވާނެ ތަކެތި:

  • މެދު ސައިޒެއްގެ ދޮންކެޔޮވަކެއް
  • 1 ކަޕް ސްޓްރޯބެރީ
  • 1 ކަޕް ބްލޫބެރި
  • 1 ކަޕް ރާސްބެރީ
  • 1 ސައިސަމުސާ ބަނާނާ އެސެންސް
  • 3 މޭޒުމަތީ ސަމުސާ ހަކުރު
  • 2 ސްޕޫކް ސްޓްރޯބެރީ އައިސްކްރީމް
  • 2 ކަޕް އައިސް
  • 1/2 ކަޕް ކިރު

ތައްޔާރު ކުރާނެ ގޮތް:

އައިސްކްރީމް ފިޔަވާ ހުރިހާއެއްޗެއް މިކްސަރަށް އަޅައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ބްލެންޑް ކޮށް ނިމުމުން ފުރާނާލާށެވެ. އެއަށް ފަހު ތަށްޓަށް އަޅައި އައިސްކްރީމް އެޅުމަށްފަހު ހޮޅިއެއް ޖަހާލާށެވެ. ބުއިމަށް ތައްޔާރުވީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.