މިއީ ސިއްހަތަށް ފައިދާހުރި ކެއުމަށް ލޯބި ކުރާ ބޭފުޅުންނަށް ރޯދަ ވިއްލުމަށް ވަރަށް ކަމުދާނެ ބާވަތެކެވެ. އޯޓަކީ ޑައިޓް ކުރާ ބޭފުޅުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ.

ބޭނުން ވާނެ ތަކެތި:
- 4 މޭޒުމަތީ ސަމުސާ އޯޓްސް
- 2 ބިސް
- 1 ތޮޅި މިރުސް
- 2 މޭޒުމަތީ ސަމުސާ ފިޔާ (ޗޮޕްކޮށްފައި)
- 1/2 މޭޒުމަތީ ސަމުސާ ކެރެޓް (ގާނާފައި)
- 1/2 ކަޕް ސްޕިނިޗް
- 1 ސައިސަމުސާ އޮލިވްއޮއިލް
ތައްޔާރު ކުރާނެ ގޮތް:
ބިސްކޮޅު ރަނގަޅަށް ބީޓް ކޮށްލުމަށްފު އޯޓްސް، ފިޔާ، މިރުސް، ކެރެޓް، އަދި ސްޕިނިޗް ކޮޅު އެއްކޮށްލާށެވެ.
ތަވާ އުނދުން މައްޗަށް އުދުމަށްފަހު ތެޔޮފޮދު އަޅާލާށެވެ. ތެޔޮ ފޮދަށް ހޫނުވުމުން ގިރުވާފައި ހުރި ބިސްފޮދު އަޅައި މަތިޖަހާށެވެ. އަދި އެއް ފުށް ފިހެވުމުން އަނެއް ފުށުން ޖަހައި ގެން ފިހެލާށެވެ.
ކޮމެންޓު ފޮނުވާ