ފޮޅިއަކީ އާންމުކޮށް ކުޑައިރު މާމަމެން ވަރަށް ގިނައިން ތައްޔާރު ކުރާ ބާވަތެކެވެ. ފޮޅި އަކީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަޝްހޫރު ބާވަތެކެވެ.
މިއަދު މިގެނެސްދެނީ ފޮނި ފޮޅި ތައްޔާރު ކުރާނެ ގޮތެވެ. މިއީ ތަފާތު ގޮތްގޮތަށް ތައްޔާރު ކުރެވިދާނެ އެއްޗެކެވެ.

ބޭނުން ވާނެ ތަކެތި:
- 240 ގްރާމް މާޖިރިން
- 240 ގްރާމް ހަކުރު
- 240 ގްރާމް ބިސް
- 240 ގްރާމް ފުށް
- 1 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ
- 1/2 ސައިސަމުސާ ބޭކިންގ ސޮޑާ
- 1 ސައިސަމުސާ ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަށްޓެއްގައި ހަކުރާއި މާޖިރިން ކޮޅު އެއްކޮށްލާށެވެ. އޭގެ ތެރެއަށް ބިސްފޮދު އަޅައި އެއްކޮށްލުމަށްފަހު ފުށާއެކު ބޭކިން ޕައުޑަރު އަދި ބޭކިންގ ސޮޑާ އަޅައިގެން ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށް ފަހު އެސެންސް ކޮޅުވެސް އެއްކޮށްލާށެވެ.
ތަތްނުލަވާ ތަވައެއް އުނދުންމަށްޗަށް އުދާށެވެ. ދެން ސަމްސަލަކުން ތަވާމަށްޗަށް ފޮޅި މިކްސްކޮޅެއް އަޅާލާށެވެ. އެއްފަރާތުން ފިހެވުމުން އަނެއް ފަރާތަށް، ދޭފަތެއް ބޭނުން ކޮށްގެން ފުށުން ޖަހާލާށެވެ. މި ގޮތަށް ރިޕީޓް ކުރަމުން ގެންދާށެވެ.
ކޮމެންޓު ފޮނުވާ